Last Updated: 1 decade 7 month ago

"އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ، އަދާލަތު ޕާޓީން އިސްނަގައިގެން ސަރުކާރާ އިދިކޮޅު ފަރާތްތައް ގުޅިގެން މިއަދު މާލޭގައި ބާއްވާ ސިޔާސީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖަށް މަރުހަބާ.


އަދާލަތު ޕާޓީން އިސްނަގައިގެން "މޭޑޭ" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި ދެ ފުލުސް އޮފިސަރަކަށް ދީފައިވާ ރަހުމް ކުޑަ އަނިޔާތައް އެމްއެންޑީއެފުން ކުށްވެރިކޮށްފި.


ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން މިފަދަ ރަޙުމް ކުޑަ އިންސާނިއްޔަތާއި ހިލާފު އަނިޔާވެރި އަމަލުތައް ލޮބުވެތި ރައްޔިތުން ލައްވާ ހިންގެވުމަކީ މި މުއައްސަސާ ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި މިފަދަ ހަރަކާތްތައް ރާވާ ހިންގާ ފަރާތްތަކުން މިފަދަ އަނިޔާވެރި އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ދިރިއުޅުއްވާ ގެ ( މ.ޑާލިއާ) އަށް ފުލުހުން ވަދެ، އަލީވަހީދު ހައްޔަރުކޮށްފި.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

ހައްޔަރުކުރުމުގެ ކުރިން އަމީން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިވުމަށް އެދިވަޑައިގެން ޓްވީޓެއްކުރައްވާފަ

Fuluhun alhugandu balaa athuvejje. Hurihaa beyfulhunves hivvarukuravvaathi.

#LIVE Breaking News: MDP ge chairperson Ali Waheed hayyarukoffi — Ameen Ibrahim (@ameenmaldives)May 1, 2015
Migaumuge dheenee vahudhath dhamahattai, salaamathaa rakkaatherikan kashavaru kurumah dhievhi fuluhun kohdhevvanee varugadha masakkatheh CP
— Maldives Police (@PoliceMv)May 1, 2015
މިގައުމުގެ ދީނީ ވަހުދަތު ދަމަހައްޓައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކޮށްދެއްވަނީ ވަރުގަދަ މަސައްކަތެއް ކަމަށް

އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރުން ފެށިގެން ކުރި މުޒާހަރާއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ
މުޒާހަރާގެ ތެރެއިން 193 ފަރާތެއް ވަނީ ހައްޔަރުކޮށްފައި. އޭގެެތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނޭ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވި.

މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އިރު، މުޒާހަރާގެ ބައިވެރީން ފުލުހުންނަށް ހަމަލާދިނުމަކީ އަނިޔާވެރިކަން ނޫންތޯ ވިދާޅުވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ސުވާލު އުފައްދަވައިފި.
Opposition is accusing Gov fr brutality But wat about the protesters attacking the Police?#MDPFail#LabourDaypic.twitter.com/TBNBklHqj1
— Aishath Rafiyya (@rafiyya7)May 1, 2015
މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މީހުން ހޯދަން އެމްއެންޑީއެފުން ވީޑިއޯއެއް އާއްމުކޮށްފި. އަދި އެ ވީޑިއޯއިން ފުލުހަކަށް ހަމަލާދޭ މަންޒަރު ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް ފުލުހުންގެ 911099 އަށް ގުޅައި އެމައުލޫމާތެއް ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައި.
Anyone with information about this brutal attack is urged to contact@PoliceMvat 9911099https://t.co/WNJW3RwO0V
— MNDF (@MNDF_mv)May 1, 2015
އެދިފައިވޭ.
މިނިސްޓަރު އަދީބު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު މުޒާހަރާކުރަމުން ގެންދަނީ، ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް ކާމިޔާބުވާތީ އެކަމަށް ކެތް ނުކުރެވިގެން ކަމަށް.
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީ ސަންޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ މުޒާހަރާއަކީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ރާވައިގެން ކުރިއަށް ގެންދިޔަ އަނިޔާވެރި ހަރަކާތެއް ކަމަށާއި، އެ ހަރަކާތް ހިންގުމުގެ ފަހަތުގައި ތިބި ފަރާތްތަށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭ ކަމަށް.
މުޒާހަރާގައި މިހާތަނަށް 170 މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓޭރިއެޓުން ބުނެފި. އެހެންނަމަވެސް މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވޭ. ސަން އަށް އެނގިފައިވާ ގޮތުގައި މުޒާހަރާއިން ހައްޔަރުކުރި އެންމެން ވެސް ގެންގޮސްފައިވަނީ ދޫނިދޫ އަށް.
DetaineeUpdate:#MayDayMuzahara in hayyarukohgen 170 meehunge meehunge mauloomaathu MDP Secretariat ah report kurevifaivey
— MDP Secretariat (@MDPSecretariat)May 1, 2015
މުޒާހަރާގެ ބައިވެރިން އަނިޔާކުރި ފުލުހުން ރާއްޖެއިން ބޭރަށް ގެންދާއިރު ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު އެ ފުލުހުންނާ ބައްދަލުކުރައްވަނީ. އެ މީހުންނާ އެކު ފުލުހުންގެ ޑޮކްޓަރު ވެސް ދާނެ ކަމަށް ފުލުހުން ބުނޭ. އެ ދެ ފުލުހުން ގެންދަނީލަންކާ އަށް.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމްކޮށް، ގާނޫނީ އިމުގެތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ.
Hiyaalu faalhukurumuge minivan kamuge haggu beynun kuran vaany ehen meehunge haggu thakah ihuthiraam koh adhi gaanoony imuge thereyn.
— Mohamed Shakeel (@schakyyl)May 1, 2015
އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީއާ އެކު މިހާރު ކުރިއަށް ގެންދާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.
Adhaalath Party isve ove MDP aai eku mihaaru Male' gai kuriyahgendhaa Muzaaharaa akee sulahaveri muzaaharaa ehkamah nudheken.
— Elections Commission (@ElectionsMv)May 1, 2015
އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ އަމަލުތައް ޕްރޮފެޝަނަލްކޮށް ގެންގުޅެފައިވާތީ، ދިވެހި ފުލުހުންނަށް "ސެލިއުޓް" ކުރައްވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ.
I salute police for their discipline & professionalism in controlling violence during today's opposition demonstration.
— Maumoon Abdul Gayoom (@maumoonagayoom)May 1, 2015
މިރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ދެ ފުލުހަކަށް މުޒާޚަރާގެ ބައިވެރިން ސީރިއަސް އަނިޔާތަކެއް ދީފައިވާތީ އިތުރު ފަރުވާ ދިނުމަށް އެ ދެ ފުލުހުން މިރޭ 12:30ގައި ރާއްޖޭން ބޭރަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި.
ފުލުހުން ބުނީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް.
Shaik Imran hayyaru kohgen gengossipic.twitter.com/ldTCmMNmX7
— shidhatha (@shidhatha)May 1, 2015
މުޒާހަރާގެ ބައިވެރިން އަނިޔާކުރި ފުލުސް މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނޭ.

ގާނޫނީ ވެރިކަން ހިމާޔަތް ކުރުމަކީ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަން. ރައީސް ޔާމީނު އިސްތިއުފާ ނުދެއްވާނެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ޕީޕީއެމްގައި. ޕީޕީއެމުގެ ޕާލިމެންޓްރީ ގްރޫޕުން ރައީސް ޔާމީނަށް ފުރިހަމަ އެއްބާރުލުން ދޭނެ.
ވަކި ވަކި ފުލުހުންނަށް ހަމަލާދެމުންދަނީ. މިހާރު އެ ކުރަނީ ޓެރަރިޒަމުގެ އަމަލުތަކެއް.
ޗާންދަނީ މަގުގައި މިހާރު ތިބީ މުޒާހަރާގެ މަދުބައެއް. މުޒާހަރާގައި އިސްކޮށް ހަރަކާތްރެރިވި އެއްވެސް މީހަކު މިހާރު އެ ސަރަހައްދުގައި ނެތް
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައި ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމާއި ރޫޅާލުމުގައި ފުލުހުން އަމަލުކުރަމުން ދަނީ ކެތްތެރިކަމާ އެކު، ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުތަކުގެ ތެރޭގައި ކަމަށް.
މި މުޒާހަރާއާ ގުޅިގެން ފުލުހުން އެކަށީގެން ނުވާ ބާރެެއް މިހާތަނަށް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބަޔާނުގައިވޭ.
އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން ފުލުހުން އަމަލުކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި
ޭގައިޭތޭ
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން ރާއްޖެ ޓީވީ ބޭރުކޮށްފި. ފުލުހުން ބުނީ ފުލުހުންގެ ކޯޑަން ތެރޭގައި ރާއްޖެ ޓީވީއަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އެމީހުން ބޭރުކުރީ ޣައިރުގާނޫނީ މުޒާހަރާއަކަށް ހިތްވަރުލިބޭ ގޮތަށް ހަގީގަތާއި ހިލާފު މައުލޫމާތު ފުލުހުންގެ ކޯޑަން ތެރޭގައި ތިބެ ފަތުރަމުންދާތީ ކަމަށް.
މުޒާހަރާގެ ބައިވެރިން ބޭނުންކުރި ސައުންޑު ސިސްޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ށް
މުޒާހަރާގެ ބައިވެރިންގެ ފަރާތުން އެއްވެސް ރައްޔިތެއްގެ މުދަލަކަށް ނުވަތަ ގޯތިގެދޮރަށް އަދި އެނޫންވެސް އެެހެން އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމުގެ މައުލޫމާތު 9888999 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެ

ގައުމެއްގެ ވެރިޔަކާއި ދޭތެރޭ ޝަކުވާ އޮތްނަމަ ހެޔޮގޮތުގައި ނަސޭހަތްތެރިވާން ޖެހޭނީ. އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް.
އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި އުސޫލުތައް އެބަހުރި ކަމަށާއި ހުރިހާ އިދިކޮޅު ފަރާތްތަކުން އެ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ދިޔުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި
މުޒާހަރާގެ ތެރެއިން ކަރުނަގޭސް ޖެހުމުގެ ސަބަބުން އައިޖީއެމްއެޗްއަށް، ދެ މީހަކު ފަރުވާ ދިނުމަށް ގެންދިޔައިރު އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ، އަނެކަކަށް ދަނީ ފަރުވާ ދެމުން. ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނޭ
އޭޑީކޭއިން ބުނީ އެހޮސްޕިޓަލަށް ކަރުނަގޭހުގެ އަސަރުކޮށްގެން އެކަކު ގެނެސްފައިވާއިރު ފަރުވާ ދިނުމަށްފަހު އޭނާ ވެސް ދޫކޮށްލާފައިވާ ކަމަށް.

މުޒާހަރާގެ ބައިވެރީން ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން އޭނާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި. ފުލުހުން މިހާރު ދަނީ އެއްވެސް އިންޒާރަކާ ނުލައި މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުން.



ދެ ފުލުހަކަށާއި މީޑިއާގެ ދެ މީހަކަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި.
ސަން ޓީވީއަށް މައުލޫމާތު ތެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، ކަންކަން ރަނގަޅު ކުރުމަށް އިސްލާމް ދީނުގައި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށް.
ކަންކަން ރަނގަޅު ކުރުމަށް އިސްލާމް ދީނުގައި އެބަހުރި ގޮތްތަކެއް ކަނޑައެޅިފައި. ދީނުގައި އޮތް ހެޔޮގޮތަކީ، ވެރީންނަށް މަޝްވަރާ ދިނުން، ލަފާދިނުން، އެނޫން ގޮތަކަށް އެކަން ކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން.
ޗާނދަނީ މަގު އުރީދޫ ފިހާރަ ކައިރީ ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ވަނީ ސަލާމަތީގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުގައި ޖަހާފައިވާ ބެރިކޭޑްތައް އުކާލައި ވަންނަން މަސައްކަތްކޮށްފައި.
މުޒާހަރާގެ ބައިވެރިން މިވަގުތު ހަރަކާތްތެެރިވަމުންދަނީ ޗާންދަނީ މަގުގެ ސަރަހައްދުގައި. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުން އެބަދޭ.
ސަން ޓީވީއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، "އިދިކޮޅު ފަރާތްތަކުން މިއަދު ކުރަމުންދާ މުޒާހަރާއަކީ ދުރާލައި ރާވައިގެން އަނިޔާވެރިކަން އިސްކޮށްގެން ކުރިއަށް ގެންދާ މުޒާހަރާއެއް" ކަމަށް.
ރައީސް ޔާމީން ކަންކަން ރާވަމުން ގެންދަވަނީ ވަރަށް ހިކުމަތްތެރިކަމާއެކު، ގައުމަށް ފައިދާހުރި ގޮތުގައި. ރައީސް ޔާމީން އަނިޔާވެރިކަމަށް ފުރުސަތެއް ނުދެއްވާނެ، ރައީސް ހުންނެވީ ސާބިތުކަންމަތީގައި.
ރާއްޖެ ޓީވީއަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވ،ީ އަދިވެސް މިތިބީ ވަރަށް ސާބިތުކަމާއެކު ކަމަށާއި ނަތީޖާ ނެރެވެންދެން މަސައްކަތް ކުރައްވާނެ ކަމަށް.
ރައީސް ޔާމީން އަދިވެސް މަޝްވަރާއަށް ވަޑައިގަންނަވަންވީ،.. ނަތީޖާ ނެރެވެންދެން ތިބޭނަން.

ޑރ. މުއިއްޒު ވިދާޅުވީ، މިއީ ރޭވިގެން ކުރިއަށް ދިޔަ، އަނިޔާވެރި ހަރަކާތެއް ކަމަށް.
އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ، މިގައުމަށް ބަޣާވާތެއް ގެންނަން. އެހެން ނަމަވެސް ހައްގަށް މިވަނީ ނަސްރު ލިބިފައި. އިދިކޮޅު ފަރާތްތައް މިވަނީ ބަލިވެފައި.
މިހާރު ކުރިއަށް ދާ މުޒާހަރާއާ ގުޅޭ ގޮތުން ސަން ޓީވީއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، "އަނިޔާވެރިކަމުގެ ނަމުގައި މުޒާހަރާ ކުރި މީހުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާތަން މިފެންނަނީ،"
ޗާންދަނީމަގު އަސްރަފީ ބުކްޝޮޕްކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ބިއްލޫރި ފުޅި އުކަން ފަށައިފި

ލިލީ މަގު ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންނާ ދިމާއަށް ބަޔަކު މީހުން ކަޓަރު ތިލަތަކެއް އުކައިފި. ފުލުހުން ބުނީ ވަރަށް ބައިވަރު ތިލަތަކެއް އުކާފައިވާ ކަމަށް.

މުޒާހަރާގެ ތެރޭގައި ގެންގުޅުނު ލަކުޑި ފަތިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން މިހާރަކު ނުފެނޭ. މުޒާހަރާގެ ބައިވެރިންނާ އެކު މިހާރު ތިބީ ދެ ތިން މަޖިލިސް މެމްބަރުން.

ދައުލަތުގެ ޓީވީގެ އަށެއްގެ ހަބަރަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު ދުންޔާ މިރޭ ވިދާޅުވީ، އެއްވެސް ގައުމެއްގައި ސަލާމަތީ ބާރުތަކަށް ހަމަލާދީ ހަދާ މުޒާހަރާއެއް، ކުރިއަށް ގެންދިޔަ ނުދޭނޭ ކަމަށް.
އެއްވެސް ގައުމެއްގައި ފުލުހުންނަށް ހަމަލާދީ އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ސަރުކާރުގެ މުދަލާއި އަމިއްލަ ރައްޔިތުންގެ މުދަލާއި ފުރާނަޔަށް އެއްވެސް ގޮތަކަށް ގެއްލުންތަކެއް އަންނަ ގޮތަކަށް މުޒާހަރާތަކެއް ކުރިއަށް ދިޔަކަ ނުދޭނެ. އެގޮތުން އަޅުގަނޑު ދަންނަވާނީ ދިވެހި ފުލުހުން ވަރަށް ރަނގަޅަށޭ އަމަލު ކުރެއްވީ.

މިއަދު ބޭއްވި މުޒާހަރާގައި ކަރުނަގޭހުގެ އަސަރުކުރި ބައެއް ފަރާތްތަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން. އެއްވެސް މީހެއްގެ ހާލު ސީރިއަސްކަމަކަށް ނުބެލެވޭ.

މުޒާހަރާއާ ގުޅިގެން ތަހުގީގު ހިންގަންޖެހޭ ފަރާތްތައް ހޯދަމުން އަންނަ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވި.
މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުރި އާއްމު ރައްޔިތުން ސައިކަލްތަކަށް މުޒާހިރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ގެއްލުން ދެމުންދާތީ އެކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރަން.
Dhivehin ge fakhuru veri qaumee dhidha ah aniyaaveri vaa bayakah "aniyaaverikamaa dhekolhah" kureveynee kon kameh?!pic.twitter.com/2uSPLjX2wV
— Dr.Mohamed Muizzu (@MMuizzu)May 1, 2015
ދިވެހިންގެ ފަހުރުވެރި ގައުމީ ދިދައަށް އަނިޔާވެރިވާ ބަޔަކަށް އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭނީ ކޮން ކަމެއް؟
އުމަރު ވިދާޅުވީ، "މިސަރުކާރު މަގުމައްޗަކުން ހަމަހިލާ ވައްޓައެއް ނުލެވޭނެ" ކަމަށް.
މިހާރު އިދިކޮޅު ފަރާތްތަކުން މިކުޅޭ ފިލްމަކީ ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ތަކުރާރުކޮށް ބަލާފައިވާ ރިޕީޓް ފިލްމެއް. މި ފިލްމުގައި ވާނެ ގޮތާއި ނިމޭނޭ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، "މިސަރުކާރު ވައްޓަލުމުގެ ގާބިލުކަން އެމްޑީޕީއަކު ނޯންނާނެ" ކަމަށް.
މިހާރު ކުރިއަށްދާ މުޒާހަރާއާ ގުޅޭ ގޮތުން ސަން ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، "މިސަރުކާރުން ރައީސް ނަޝީދު ދޫކޮށެއް ނުލާނެ" ކަމަށް.
ސަލްސާ ރޯޔަލް ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ޕޭމަންޓް ގަލަކުން ޖެހި ފުލުހަކަށް އަނިޔާވެއްޖެ. އޭނާ އަށް މިހާރު ދަނީ ފަރުވާ ދެމުން.

މުޒާހަރާކުރުމުގެ ފުރުސަތު އަބަދުވެސް، ކޮންމެ ފަރާތަކަށް ވެސް އޮންނާނެ. އެހެން ނަމަވެސް، މުޒާހަރާތަކުގައި ޣައިރުގާނޫނީ އަމަލުތައް ހިންގާނަމަ، މުޒާހަރާތައް ރޫޅާލައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ.
މީރުބަހުރު ބަނދަރު ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވެސް ކަރުނަގޭސް ޖަހައިފި.

މުޒާހަރާގެ ތެރޭގައި މޫނު ނިވާކޮށްގެން އުޅޭނަމަ ހައްޔަރުކުރާނެ ކަމަށް ފުލުހުން ބުނޭ


މުޒާހަރާގެ ތެރެެއިން ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި ވަތް ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. އެ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިސްލާމީ މަރުކަޒާއި ސިފައިންގެ އާ ދެމެދު ދޮންވެލިއަޅާފައި އޮންނަ މަގުގައި އޮއްވާ
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބާރު ސްޕީޑްގައި ދުއްވާފައި އައި ޕިކަޕެއް ފުލުހުންގެ ތެރެއަށް ވަދެގަނެގެން ގޮސްފި. ބައެއް ފުލުހުންނަށް އަނިޔާވި. މިހާރު އެ ޕިކަޕް އޮތީ އިސްލާމީ މަރުކަޒު ކައިރީގައި.

މަސްމާރުކޭޓު ކުރިމަތިން ކަރުނަ ގޭސް ޖަހަން ފުލުހުން ތައްޔާރުވެއްްޖެ. އަދި ފުލުހުން ބުނަމުން ގެންދަނީ އެއްވުން ރޫޅާލާނެ ކަމަށާއި އެއްވުން ރޫޅާލުމަށް ބޭނުންކުރާނީ ޒަމާނީ ލެސްލީތަލް ހަތިޔާރު ކަމަށް.
މިހާތަނަށް އެއްވި ބޮޑެތި އެއްވުންތަކުގައި ނަމާދުކޮށްފައި ވަނީ އެއްވެތިބި ތަނުގައި. އެއްވުމުގެ ބައިވެރިން ގޮވައިގެން އިސްލާމީ މަރުކަޒަށް ނަމާދަށޭ ކިޔާފަ ދާން ގޮވާލައި އެކަން ކުރުމަކީ ކަނޑައެޅިގެން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނުގައި ހުއްދަނުކުރާ ސަރަހައްދަކަށް އެއްވުމަށް ކުރަމުންދާ މަސައްކަތެއް
ޗާންދަނީމަގު ދިރާގު ލައިޓް ކައިރި އާއި އާކޭޑް ލައިޓް ކައިރި ތިބި މީހުން އެސަރަހައްދުގައި ޖަހާފައި ހުރި ބެރިކޭޑްތަކުގެ ތެރެއަށްވަދެގަންނަން އުޅުމުން ފުލުހުން އެމީހުންނަށް އެސަރަޙައްދު ދޫކޮށް ދިޔުމަށް ފަހުގެ އިންޒާރު ދީފި.
މުޒާހިރާގެ ބައިވެރިންގެ ތެރެއިން ޗާންދަނީމަގު ދިރާގު ލައިޓްކައިރީ ތިބި މީހުންނަަށް ފަހުގެ އިންޒާރު ދިނުމަށްފަހު އެމީހުން ފޮނުވާލުމުގެ މަސައްކަތްދަނީ ކުރަމުން. އަދި ފުލުހުންގެ އަމުރަށް ނުކިމަންތެރިވި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ދަނީ ގެންނަމުން.

މާލޭގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ގްރޫޕްތަކުގައި ހިމެނޭ ބައެއް މީހުން މޫނު ނިވާކޮށްގެން ތިބިކަން ފާހަގަކުރެވޭ
މަސްމާރުކޭޓު ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމުން ފުލުހުން ޕެޕަސްޕްރޭ ޖަހައިފި
ދުއާކޮށް ނިމިއްޖެ. އިސްލާމީ މަޒުކަރަށް މުޒާހަރާގެ ހުރިހާ ބައިވެރިން މަޣުރިބު ނަމާދަށް ދިޔުމަށް މުޒާހަރާގެ އިސް ސަފުން ގޮވާލައިފި
މިހާރު މާލޭގެ މަގުތަކަށް އެއްވެއުޅޭ ފަރާތްތަކުން ގޮވަމުންދާ ސާބިތުނުހިފޭ ވާހަކަތައް ހުއްޓާލައި، ޒިންމާދާރުކަމާ އެކު އަޑިއުފުލުމަށް ގޮވާލަން. މުޒާހަރާގައި ގޮވާލާ ޣައިރުގާނޫނީ ގޮވުންތަކާއި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން


މަސްމާރުކޭޓު ކުރިމަތިން މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމުން ފުލުހުން ޕެޕަސްޕްރޭ ޖަހައިފި
މުޒާހަރާގެ ބައިވެރިން ދުއާ ކުރަން ފަށައިފި. އިސްވެ ދުއާ ކުރައްވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ. "އަނިޔާވެރިން"ގެ ކިބައިން ގައުމު ސަލާމް ކުރެެއްވުމަށް އެދި ދުވާ ކުރެއްވި.

މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ގައުމު ދިފާއުކުރުމުގައި ސާބިތުވެ ތިބުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލައްވާފައި
މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރު ރަނގަޅުގޮތުގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް އޭނާ ކުރި ކަމަށާއި ކާނަލް ނާޒިމަށް ހުކުމް އިއްވި ހިސާބުން ސަރުކާރުގެ ރަނގަޅު ވިސްނުމެއް ނެތްކަން އެނގިއްޖެ ކަމަށް.

ކޮންމެ ރައްޔިތަކު އަޅުގަނޑުމެންގެ ދަރީންނަށްޓަކައި މިގައިމު ސަލާމަތް ކުރަން އެބަޖެހޭ
މުޒާހަރާގައި ވާހަކަދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވީ، އިދިކޮޅު ފާރާތްތަކުން މިގައިމުގައި ފަސާދަހުއްޓުވައި ރައްޔިތުންނަށް އަދުލުއިންސާފު ގާއިމްކޮށްދޭނެ ކަމަށް
މިއަދު މިނުކުތީ ރައްޔިތުންނާއި ސިޔާސީވެރިން ހައްޔަރުކުރާތީ ވިޔަފާރިތައް ފުނޑުފުނޑު ކުރާތީ އެކަމާ ދެކޮޅަށް

އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ މިތިބީ ސަރުކާރަށް އަޑުއިއްވަން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ
މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ގޮވާލުމުން ކޮންމެ މުސްލިމަކުވެސް އެކަމަށް އިޖާބަދޭންޖެހޭ ކަމަށ.ް
ގިނައަދަދެއްގެ ބަޔަކު މުޒާހަރާގައި ހަރަކާތްތެރިވަމުން އެބަދޭ
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް މުޒާހަރާގައި ހަރަކާތްތެރިވަމުން އެބަދޭ
މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގެ އިސްކޮށް ހަރަކާތްތެރިވާ މީހުން ބުނެފައި ވަނީ މިއީ ސުލްހަވެރި މުޒާހަރާއެއް ކަމަށް.

މުޒާހަރާ ފަށައިފި. މުޒާހަރާގެ ބައިވެރީން މިހާރު މަޖީދީމަގުން މާފަންނާވީ ކޮޅަށް ކުރިއަށް ދަނީ.

















