01 May 2015, 15:48
މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް 974167 ޑޮލަރު (15،021،670 ރުފިޔާ ) ލިބިފައިވާ ކަމަށް އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓުން ދައްކައިފިއެވެ. ފާއިތުވި އަހަރުގެ އެންމެ ފަހު ތިން މަސް ދުވަހު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 438،522 ޑޮލަރެވެ. އެހެންކަމުން މި ކުއާޓާގައި ލިބުނު ފައިދާ މީގެ ކުރީ ކުއާޓާ އަށް ވުރެ 535446 ޑޮލަރު އިތުރު އަދަދެކެވެ.
މިއަދު އާންމުކޮށްފައިވާ އެ ކުންފުނީގެ ހިސާބުތައް ދައްކާގޮތުނ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އޭގެ ކުރީ ކުއާޓާގައި ލިބިފައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ތިން މިލިއަން ޑޮލަރެވެ.
އެމްޓީޑީސީ އަށް މާލީ ގެއްލުންވާތާ ދުވަސްތަކެއް ފަހުން މިދިޔައަހަރުން ފެށިގެން ވަނީ ފައިދާ ވާންފަށާފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް އެމްޓީޑީސީން ނެރެފައިވީނަމަވެސް ފާއިތުވި އަހަރުގެ މާލީ ރިޕޯޓް އަދި ނެރެފައެއްނުވެއެވެ.
އެމްޓީޑީސީ އިން އައްޑޫ ސިޓީގައި ހިންގަމުންދިޔަ ހެރެތެރެ ރިސޯޓު ސިންގަޕޫރު ކުންފުންޏަކަށް 33.3 މިލިއަން ޑޮލަރަށް ވަނީ މިދިޔަ އަހަރު ވިއްކާލާފައެވެ.