ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ނުވާތީވެ، މިއަދު މާލޭގައި ބާއްވަން އުޅޭ ސިޔާސީ ބޮޑުހަރަކާތުގައި ބައިވެރިވާން މާލެ އަންނަ އުޅުނު ބޯޓެއް ނ. މަނަދޫން ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ، "މާފަރު ބޯޓު" ނަމަކަށް ކިޔާ އެ ބޯޓު ހިފެހެއްޓީ، މަނަދުއަށް ދިޔަތަނުން އެ ބޯޓުގެ ސަލާމަތީކަންކަން ފުރިހަމަކޮށްފައި ވޭތޯ ބެލިއިރު ބޯޓުގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ބައެއް ތަކެތި ނެތުމުން ކަމަށެވެ.

މިއަދު ހަވީރު މާލޭގައި ބާއްވާ ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅު ތެރެއިން އަންނަ ދޯނިތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުންނެވެ.