01 May 2015, 11:25
މާފަންނު ރާނބާ ރެސްޓޯރެންޓް ކައިރީގައި އޮތް ޕިކަޕެއްގައި ރޭ ދަންވަރު ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު ކަމަށެވެ. އެހާދިސާގެ ސަބަބުން އެ ޕިކަޕްގެ ވާތްފަރާތުގެ ފުރޮޅަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ޕިކަޕުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެންނެެވެ.
އެ ޕިކަޕަކީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކުގައި ބޭނުން ކުރަމުން އަންނަ ޕިކަޕެއް ކަމަށްވެ އެވެ.