30 Apr 2015, 23:45
ހުއްދައެއް ނެތި މީރުބަހުރު ބަނދަރަށް ނޫސްވެރިން ވަނުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މަނާކޮށްފި އެވެ.
މާލޭ އުތުރު ފަރާތުގެ އާ ޖެޓީ ނުވަތަ މީރުބަހުރު ބަނދަރަށް ނޫސްވެރިންވަދެ ކެމެރާކޮށް ފޮޓޯ ނަގައި އިންޓަވިއު ކުރުން މަނާކޮށްފައި ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލެވެ.
އާންމުކޮށް ހުޅުވާލާފައި އޮންނަ އެ ބަނދަރަށް ހުއްދަ ނެތި ނޫސްވެރިން ވަނުން މަނާކޮށްފައިވާއިރު، މާދަމާ އޮންނަ މުޒާހަރާއަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކާއި އިންޓަވިއުކޮށް އެ ސަރަހައްދު ވީޑއޯކޮށް ފޮޓޯ ނެގުމަށް ނޫސްވެރިން މީގެ ކުރިން ވަނީ އެ ސަރަހައްދަށް ވަދެފަ އެވެ.
އެ ސަރަހައްދަކީ ކޮންމެ ވަގުތެއްގައި ވެސް އާންމުންނަށް ވަދެވޭގޮތަށް ހުޅުވާލާފައި އޮންނަ ސަރަހެއްދެކެވެ.