24 Feb 2011, 22:07
މާޗްމަހުގެ 21-25ށް މާލޭގައި ބާއްވަން ހަމަޖައްސާފައިވާ އޭ އެފް ސީ ޗެލެންޖްކަޕްގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކާ އޯގަނައިޒިން ކޮމެޓީއެއް އެކުލަވާލައިފި އެވެ.
ތަފާތު ދާއިރާތަކުން 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އެފް އޭ އެމްގެ އެކްސްކޯގެ މެމްބަރެއް ކަމަށްވާ ޕެރިސް އަޙްމަދު ނަސީމެވެ. ވައިސް ޗެއާމަނަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ނާއިބު ހުސައިން އިރުފާން ޒަކީ އެވެ. މީގެ އިތުރުން ސެކްރެޓަރީ އަކަށް ހަމަޖައްސާފައިވަނީ އެފް އޭ އެމުގެވެސް ސެކްރެޓަރީ ޝާހު އިސްމާއީލެވެ.
އެފް އޭ އެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަބްކޮމެޓީތައްވެސް މިހާރު އެކުލަވާލެވިފައިވާ ކަމަށާއި އެކޮމެޓީތަކާ މަސައްކަތްވެސް ހަވަލު ކުރެވިފައިވާ ކަމަށެވެ.
ކޮމެޓީގައި ހިމެނޭ އަނެއް 12 މެމްބަރުންނަކީ މާހިދު ޝަރީފު، މުހައްމަދު އާސިފު، އަދީލް އިސްމާއީލް، އަލީ ޒަކީ، ޑރ. މުހައްމަދު ހަބީބު، އިބްރަހީމް އާމިރު، އިބްރާހީމް ނަޒީމް، މައުރޫފް އަޙްމަދު، އާމިރު ޝަރަފުއްދީން، އިބްރާހީމް ނަޖީ، މުހައްމަދު ނާސިރު އަދި މުހައްމަދު ޝާޒްލީ އެވެ.
ޗެލެންޖްކަޕް ކޮލިފައިންގެ މެޗުތައް މީގެ ދެއަހަރު ކުރިންވެސް ރާއްޖޭގައި ވަނީ ބާއްވާފައެވެ.