30 Apr 2015, 15:42
ޕީޕީއެމްގެ އަންހެނުން ހަރަކާތުން ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަން ކޮށްފި އެވެ.
އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީ އިން ހުސްވެފައިވާ ހަ ކޯޑިނޭޓަރުންގެ މަގާމަށް މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.
އެގޮތުން އައްޔަން ކޮށްފައި ވަނީ މއ. ކަބީލާގެ ފާތިމަތު ނަހުލާ އާއި ލ. ފޮނަދޫ ފަޒާ، އައިމިނަތު ޒުހުދާ އާއި ސ. ހިތަދޫ ފިތުރޯނުގޭ، ހަފްސާ މުހައްމަދު ހުސްނީ އާއި ހ. ސިލްވާނައިޓް އައިމިނަތު ޝުހުދާގެ އިތުރުން މ. އަލްވާހް، އައިމިނަތު ޝުހުދާ އާއި މ. ހަނީކޯމްބް، އައިމިނަތު ނަމްޒާ އެވެ.
ޕީޕީއެމްގެ އަންހެނުން ހަރަކާތުން ހުސްވެފައިވާ ހަ ކޯޑިނޭޓަރުންގެ މަގާމަށް މެމްބަރުން އައްޔަން ކޮށްފައި ވަނީ އެ ޕާޓީ އޮފީހުގައި ރޭ އޮތް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ޕީޕީއެމުން ބުނެ އެވެ.
އެ ޕާޓީން ބުނީ ރޭ އޮތް ކައުންސިލް ބައްދަލުވުމުގައި މިހާރުގެ ސިޔާސީ މަސްރަހުގައި ވަމުންދާ ކަންކަމާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.