ހއ. އިހަވަންދޫ ދޯންޏަކުން 60 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ހޮވައިފިއެވެ.

މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވާފައި ވަނީ އިހަވަންދޫ އައްޑަނަ ނަމަކަށް ކިޔާ ދޯންޏެއްކަމަށް އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު އިބްރާހިމް ވިދާޅުވިއެވެ.

" މި ދޯންޏަށް މި މާވަހަރެއް ކަމަށް ބެލެވޭ ހުދުކުލައިގައި އޮތް އެއްޗެއް ފެނިފައި ވަނީ ހަތިފުށްޓާއި ދިމާލުން 46 މޭލު ބޭރުން،" ކަަމަށް އަބްދުލް މުއީދު ވިދާޅުވި އެވެ.

މިހާރު އެއީ މާވަހަރެއް ކަން ޔަގީން ކުުރުމަށް އޭގެ ސާމްޕަލް މާލެއަށް ފޮނުވާފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

މި ދޯނިން އިއްޔެ މަހަށް ފުރީ 18 ފަޅުވެރިންނެވެެ. ރާއްޖޭގެ ކަނޑުތަކުން މާވަހަރު ކަަމަށް ބެލެވޭ އެއްޗެހި ފެނުނު ނަމަވެސް ބައެއް ފަހަރު އެއީ މާވަހަރަކަށް ނުވެވެސް ދެއެވެ.