ފ. ފީއަލި، އއ. މަތިވެރި އަދި ރ. ރަސްމާދޫގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުމުގެ މަސައްްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

އެ ކުފުންޏާ އެެ މަސައްކަތް ހަވާލުކުރީ އެކަމަށްޓަކައި މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ހަމީޒެވެ.

މި މަޝްރޫޢުގެ ދަށުން ފ. ފީއަލި، އއ. މަތިވެރި އަދި ރ. ރަސްމާދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ހެދުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.

އެމަސައްކަތުގެ ޖުމްލަ އަގަކީ 756,436.86ރ އެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑާ އެމަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.