29 Apr 2015, 15:57
ސްޕެނިޝް ލީގުގައި ރޭ ގެޓޭފޭގެ މައްޗަށް 6-0 ގެ ބޮޑު ތަފާތަކުން މޮޅުވެ ބާސާއިން އަނެއްކާ ވެސް ލީޑު ފުޅާކޮށްފި އެވެ.
ރޭގެ މެޗްގައި މެސީއާ ޝުއަރޭޒް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިދީފަ އެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ނޭމާއާ ޒަވީ އެވެ.
ބާސާގެ އަމިއްލަ ދަނޑު ކޭމްޕް ނޯގައި ކޫލުނު އެމެޗްގައި އެޓީމުން ވަނީ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖަހާފަ އެވެ.
ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓްގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން މެސީ އެވެ.

ބާސެލޯނާއާ ގެޓޭފޭ ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/އޭޕީ
މިއީ ގެޓޭފޭގެ ޑިފެންޑާ އަލްވާރޯ އަރޭޔޯ މާޓިނޭޒް ބާސާގެ ޝުއަރޭޒަށް ގެޓޭފޭގެ ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
ބާސާ އިން ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑާއި ހަތަރު ވަނަ ކާމިޔާބު ކުރީ ފަސް މިނެޓްގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެގޮތުން ބާސާގެ ދެ ވަނަ ލަނޑު 25 ވަނަ މިނެޓްގައި ޝުއަރޭޒް ކާމިޔާބުކުރި އިރު ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްފަހުން މެޗްގެ 28 ވަނަ މިނެޓްގަ އެވެ. އެލަނޑު ކާމިޔާބުކުރިތާ ދެ މިނެޓް ފަހުން ޒަވީ ވަނީ ބާސާގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްފަ އެވެ.
ފަސް ލަނޑު ލިއިޝް ޝުއރޭޒް ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ 40 ވަނަ މިނެޓްގައެވެ.
މިލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްފަހު މެޗްގެ 28 ވަނަ މިނެޓްގައި ނާމޭ ވަނީ ބާސާގެ ތިން ވަނަ ލަނޑު ޖައިދީފަ އެވެ.
ބާސާގެ އެންމެ ފަހު ލަނޑު މެސީ ކާމިޔާބު ކުރީ ދެވަނަ ހާފު ފެށިގެން ދެ މިނެޓް ތެރޭގަ އެވެ.

ބާސެލޯނާއާ ގެޓޭފޭ ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/އޭޕީ
މިމެޗުން ބާސާ މޮޅުވުމުން އެޓީމް އޮތީ ފަސް ޕޮއިންޓް ލީޑެއްގައި 84 ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނައިގަ އެވެ.
އެޓީމާ ވާދަވެރި ރެއާލް މެޑްރިޑް މިރޭ އަލްމީރިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޕޮއިންގެ ފަރަގު ދެ ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ.
މިރޭ މެޑްރިޑްގެ ސެންތިއާގޯ ބެރަނިބުއުގައި ކުޅޭ އެމެޗް ފެށޭނީ ރާއްޖޭގަޑިން މިރޭ 11:00 ގައެވެ.
ރެއާލް ދެ ވަނައިގައި އޮތީ 79 ޕޮއިންޓާއެކު އެވެ.