މޭ އެއްވަނަ ވަނަ ދުވަހު މާލޭގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތަކަކަށް ތައްޔާރު ވުމުގެ ގޮތުން ހާއްސަ ތަމްރީނުތަކެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ތަމްރީނުތައް ކުރިއަށް ގެންދާ ކަމަށެވެ.

މިއަދުގެ ފަރިތަކުރުންތައް ކުރިޔަށްދާ ވަގުތު ބައެއް މަގުތައް ބަންދުކޮށް ބައެއް ސަރަޙައްދުތަކަށް މީހުން ޖަމާވުމާ ބައެއް ތަކެތި ގޮއްވުންފަދަ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ޢާއްމު ރައްޔިތުން އެކަމަށް ސަމާލުވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދުގެ ފަރިތަކުރުންތަކުގައި ގޮއްވާ ތަކެއްޗަކީ ރައްޔިތުންނަށް އެއިން އެއްވެސް ގެއްލުމެއް ލިބޭނެފަދަ ތަކެތި ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.