ސަރުކަރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވާ "މޭޑޭ"ގެ އެއްވުމުގައި ބައިވެރި ވުމަށް ބައެއް ރަށް ރަށުން މީހުން އަންނަން ފަށައިފި އެވެ.

މިއަދު މެންދުރު މާލެ އައިސްފައިވާ ދެ ރަށަކީ ތ. ކިނބިދުއާއި ގއ. ކޮލަމާފުށީގެ ބައެއް ރައްޔިތުންނެވެ.

ނޫސްވެރިންނަށް މައުލޫމާތުދެމުން އެމީހުން އައި އޮޑީގައި މަސައްކަތް ކުރާ މީހަކު ބުނީ މިއަދު އެ ދެ ރަށުގެ މީހުން އައި އޮޑީގައި ޖުމްލަ 95 މީހުން ތިބިކަމަށެވެ. އެމީހުންނަކީ އެ އެއްވުމަށް ބައިވެރިވުމަށް އައިސްފައިވާ މީހުން ކަމަށް އޭނާ ބުންޏެވެ.