ސްރީލަންކާގައި އެކަކަށް ގިނަވެގެން ވެރިކަން ކުރެވޭނީ ވިދިވިދިގެން ދެ ދައުރު ކަމަށް ކަނޑައަޅައި ރިޔާސީ ދައުރެއްގެ މުއްދަތު ފަސް އަހަރަށް ކުރުކޮށްފި އެވެ.

ނިއުސް އޭޖެންސީ، އޭޕީ އިން ބުނީ އިއްޔެ ޕާލަމެންޓްގައި ނެގި ވޯޓުގައި އެ އިސްލާހު އެ ގޮތަށް ފާސް ކުރުމަށް، 225 މެމްބަރުންގެ ޕާލަމެންޓްގެ 212 ބޭފުޅުން ވޯޓު ދެއްވި ކަމަށެވެ.

އެ ބިލް ފާސް ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބެންޖެ އެވެ.

އެ ބިލް ފާސް ކުރުމަށް އެއް ބޭފުޅަކު ތަނާޒިލުވި އިރު 10 މެމްބަރަކު އިއްޔެ ޖަލްސާއަކަށް ހާޒިރެއް ނުވެ އެވެ.

އިއްޔެ ފާސްކުރި ބިލްގައިވާ ގޮތުން ފަސް އަހަރަށް އިންތިހާބު ކުރާ، ޕާލަމެންޓްގެ އުމުރުން ހަތަރު އަހަރާއި ހަ މަސް ނުވަނީސް ރައީސް އަށް ޕާލަމެންޓް އުވާނުލެވޭނެ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. ކުރިން އޮންނަ ގޮތުން ޕާލަމެންޓް އުމުރުން އެއް އަހަރަށް ފަހު ރައީސް އަށް ޕާލަމެންޓް އުވާލެވިދާނެ އެވެ.

ކުރީގެ ރައީސް ރާޖަޕަކްސާ ހަ އަހަރުގެ ރިޔާސީ ދެ ވަނަ ދައުރަކަށް 2010 ވަނަ އަހަރު އިންތިހާބުވުމާ އެކު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް، ޓާމް ލިމިޓް ވަނީ ކަނޑާލައިފަ އެވެ.

އަދި ފުލުހުންގެ މައްޗަށް ހާއްސަ ބާރުތަކެއެއް ހޯއްދަވައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ވެސް ރާޖަޕަކްސާ ވަނީ އަށް ދަށަށް ގެންނަވައިފަ އެވެ.