މައްޝޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ޕީޕީއެމް އަށް ސޮއިކޮށްފި އެވެ.

އޭނާ ޕީޕީއެމް އަށް ސޮއިކޮށްފައި ވަނީ އައްޑޫ އިސްމެހެލަ ހެރާގައި ރިސޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ރޭ ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މީރާއާ އެކު ލަވަކިޔުންތެރިޔާ ހައްވާ އަޝްރާ ވެސް ރޭ ވަނީ ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި މީރާ އާއި އަޝްރާ ވަނީ ލަވަތަކެއް ހުށަހަޅައިދީފަ އެވެ.

މީރާ ޕީޕީއެމް އަށް ސޮއިކުރުމުން މީރާގެ ބައްޕަ މެޒޯ މުހައްމަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ "ގޮތް ހުސްކޮށްލުވާފައި ގަނެލީ" ކަމަށެވެ. މެޒޯ މުހައްމަދަކީ އެމްޑީޕީގެ ސަޕޯޓަރެކެވެ.