29 Apr 2015, 14:00
އަނިޔާވެރިކަމާ ދެކޮޅަށް މާލޭގައި ހަރުކޮށްފައި ހުރި ބޮޑެތި ޕޯސްޓަރުތަކެއް ފުލުުހުން ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ، އެ ޕޯސްޓަރުތައް މިއަދު ހެނދުނުފުލުހުން ނެގީ، ބައެއް މީހުންގެ ހައްގާއި ކަރާމާތަށް އުނިކަން އަންނާނެ ކަމަށް ބެލެވޭތީ އާއި އަނިޔާވެެރިކަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް އެ ޕޯސްޓަރުތަކުގައިވާ މަންޒަރުތައް ހުރުމުން ކަމަށެވެ.
ފުލުހުން ބުނީ، އެތަކެތި ނަގާފައި ވަނީ ފުލުހުންނަށް ގާނޫނީ އިމުގެ ތެރެއިން ލިބިދޭ ބާރުގެދަށުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެއްވެގެން އަންނަ މޭ މަހުގެ އެއްވަނަ ދުވަހު "މޭޑޭ"ގައި ސިޔާސީ ބޮޑު ހަރަކާތެއް ބާއްވާނެ ކަމަށް އެ ފަރާތްތަކުން ވަނީ އިއުލާންކޮށްފައެވެ. އަދި މޭޑޭ ޖަހާފައިވާ ޕޯސްޓަރުތަކެއް މާލެ ތެރޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފައެވެެ.