29 Apr 2015, 12:30
މާފަންނު ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު އިންޑިއާ ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 5:30ގައި ހިންގި އޮޕަރޭޝަނުގައި މ. ރަންދޯދިގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް އިންޑިއާ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު 32 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 37 ފުޅި ފެނިފައިވާ ކަމަށެވެ.