"ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި އެވެ.

ރައީސްގެ ގަރާރަކުން އުފެއްދި މިކުންފުންޏަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް މަގުފަހިކޮށްދިނުމަށް މެދު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެ ޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރްކަޒީ އުޞޫލުން ރައްޔިތުންނަށް ފޯރުއްވައިދެއްވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.