28 Apr 2015, 15:10
ރ. އިފުރުގައި ހަދަމުން އަންނަ ސަރަހައްދީ އެއާޕޯޓު އަންނަ މަހުގެތެރޭގައި ރަސްމީކޮށް ހުޅުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު "ސަން" އަށް ވިދާޅުވީ، އިފުރު އެއާޕޯޓު އަންނަ މަހުގެ ތިންވަނަ ހަފްތާ ތެރޭގައި ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. އަދި އެ އެއާޕޯޓު ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ނިންމަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. އިފުރު:
"އަޅުގަނޑުމެން، އިފުރު އެއާޕޯޓު އަންނަ މަހުގެ ތިންވަނަ ހަފްތާގައި އިރާދަކުރެއްވިއްޔާ ރަސްމީކޮށް ހުޅުވާނަން. ދެން އެތަން މެނޭޖު ކުރަމުން ދާނީ މޯލްޑިވިއަން އިން. ރަސްމީކޮށް އެއާޕޯޓު ހުޅުވުމާއެކު ކޮންމެ ދުވަހަކު ވެސް ޑެއިލީ އެއް ފުލައިޓު އޮންނާނެ." ހާރިޝް ވިދާޅުވި އެވެ.
ބާރަ ސަތޭކަ މީޓަރުގެ ރަންވޭއެއް އޮންނަ އިފުރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދަނީ ކޯސްޓްލައިން ކުންފުނިން ނެވެ.
އިފުރު އެއާޕޯޓްސް އިންވެސްޓްމަންޓް ޕުރައިމެޓް ލިމިޓެޑް އާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު މެނޭޖްމަންޓު ކޮންޓުރެކްޓްގައި ސއޮިކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އިފުރު ތަރަައްގީ ކުރުމުގެ މަސައްކަތް އިފުރު އިންވެސްޓްމަންޓާ ހަވާލުކުރީ ރިސޯޓް ތަރައްގީ ކުރުމަށް ތިން ރަށް ދޭ ގޮތަށް މޭ، 2011ގަ އެވެ.