މެޑްރިޑް އޯޕަން ޓެނިސް މުބާރާތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ސާބިއާގެ ނޮވޯކް ޖޮކޮވިޗް ވަކިވެއްޖެއެވެ.

އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުން ޖޮކޯވިޗް ވަކިވީ މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތަށް ތައްޔާރުވުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށް މެޑްރިޑްގައި ނެރޭ މަޝްހޫރު ކުޅިވަރު ނޫސް ކަމުގައިވާ މާސާއިން ބުންޏެވެ.

މެޑްރިޑް އޯޕަން ޓެނިސް މުބާރާތް ނިމޭނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.

ފްރެންޗް އޯޕަން ޓެނިސް މުބާރާޓް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ24 ވަނަ ދުވަހުއެވެ.

މިހާތަނަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ތެރެއިން ޖޮކޮވިޗަށް ކާމިޔާބު ނުކުރެވިއޮތީ ހަމައެކަނި ފްރެންޗް އޯޕަން ޓެނިސް މުބާރާތެވެ.

މެޑްރިޑް އޯޕަން ޓެނިސް މުބާރާތުން ޖޮކޮވިޗް ވަކިވުމުން ދެން މިމުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑި ޖޮކޮވިޗާ ވާދަވެރި ރޮޖާ ފެޑްރާއަށެވެ.

ރޮޖާ ފެޑްރާ: މެޑްރިޑް އޯޕަން ޓެނިސް މުބާރާތުން ޖޮކޮވިޗް ވަކިވުމުން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ފެޑްރާއަށް --- ފޮޓޯ/އޭޕީ

މިދިޔަ އަހަރު މެޑްރިޑް އޯޕަންގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ރަފޭލް ނަޑާލްއެވެ. އޭނާ ޗެމްޕިއަންކަން ހޯދާފައިވަނީ އާދިއްތަ ދުވަހު ނިމިގެން ދިޔަ ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން ޖަޕާންގެ ކައި ނިޝްކޯރީ ބަލި ކުރުމަށްފަހުގައެވެ.