28 Apr 2015, 12:28
ބ. ކެންދޫގައި އުޅުނދުތައް އަންދާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް އެރަށު ކޯޓުން ޖަހައިދީފި އެވެ.
އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ކެންދޫ، މޯނިން ހައުސް، އަބްދުއް ސަލާމް ޔޫސުފް، 41، ގެ ބަންދަށް 10 ދުވަސް ޖަހާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޯޓަށް ގެންދިޔުމުންނެވެ.
ކެންދޫ ބަނދަރުގައި އޮއްވައި އަންދައިލި ތިން އުޅަނދުގެ އަގު ޖުމްލަ 4.3 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިވެރިން ބުނެއެވެ. ހުޅުޖެހުމުން އަނދައި ހުލިވި ފައިބަރު ދޯންޏަށް ލިބުނު ގެއްލުން 2.5 މިލިޔަން ރުފިޔާއަށް އަރަ އެވެ. އަދި 45 ފޫޓްގެ ދޯންޏަށް ލިބުނު ގެއްލުން 780000 އަރަ އެވެ. އަދި ފައިބަގްލާސް ލޯންޗަށް ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ލޯންޗުގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.