ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ކެނޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ، އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

ރާޒީ ސަން އަށް ވިދާޅުވީ، ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމުގެ ފޯމް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދު ހެނދުނު ކަމަށެވެ.

ރާޒީއަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންފައި ވަނީ އޭނައާ އެކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި މ. ތްރީއޭވިލާ އިބްރާހީމް ޖިހާދު ނަން އަނބުރާ ގެންދިޔުމުންނެވެ.

ރާޒީގެ އިތުރުން ދިއްގަރުދާއިރާއަށް ވާދަކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފާރިސް މައުމޫނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދެވެ.