ސ. ފޭދޫ ގެއެއްގެ ކައިރީގައި އޮތް ޕްރައިވެޓް ކާރެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ފެލްކަންބީޗުގޭ ކައިރީ ޕާކްކޮށްފައި އޮތް އަމިއްލަ މީހެއްގެ ކާރުގައި ރޯ ކޮށްލާފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.