28 Apr 2015, 00:04
މަޝްހޫރު ވިމްބަލްޑަންގ ޓެނިސް މުބާރާތަށް ކުޅިބަލަން ވަންނަ ސަޕޯޓަރުން ސެލްފީ ދަނޑި ވެއްދުން އެމުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މަނާކޮށްފިއެވެ.
އެމުބާރާތް އިންތިޒާމު ކުރާ އޯލް އިންގްލެންޑް ލޯން ޓެނިސް ކުލަބުން ސެލްފީ ދަނޑި ވެއްދުން މަނާކޮށްފައިވަނީ ގިނަ ބަޔަކު ސެލްފީ ނެގުމުގެ ގޮތުން ކުރަމުންގެންދާ 'ހިތްހަމަނުޖެހޭ' ކަންތައްތަކާ ހެދި ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.
"މިނިންމުމުގެ ސަބަބުން އެންމެ ފުރަތަމަވެސް ސަޕޯޓަރުންގެ ހިތް ހަމަޖެހުމަށް ހުރަސް އެޅޭ ކަންކަން ހައްލުވެގެންދާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ސެލްފީ ދަނޑިން ފޮޓޯ ނަގާއިރު، ގިނަ ބަޔަކު އެމީހުންގެ ފަހަތުގައި ތިބި މީހުންގެ މަންޒަރު ނަގާތީ ބައެއް މިހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެންމެ ފުރަތަމަ ސެލްފީ ދަނޑި މިމުބާރާތުގެ މެޗްތަކަށް ވެއްދީ ބައެއް ފަތުރުވެރިންނެވެ. ނަމަވެސް އެއީ އޭރު އެހާ އާންމުކަމެއް ނޫނެވެ.
ފަހުން ސެލްފީ ދަނޑި އާންމުވެ ގިނަ ބަޔަކު މެޗްތައް ބަލަން ވަންނަނީ ސެލްފީ ދަނޑި ހިފައިގެންނެވެ.