27 Apr 2015, 23:03
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންމަފުށީ އައްސޭރި ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދު ބަދަލުކޮށްފައި ވަނީ މާފުށީ ޖަލުގައި އެމަނިކުފާނަށް ޚާއްސަކޮށްފައިވާ އެޕާޓްމަންޓަށް ކަމަށެވެ.
Mohamed Nasheed is now serving his sentence in the Special Protection Unit at Maafushi Prison.
— Umar Naseer (@UmarNaseerPPM)April 27, 2015
މިނިސްޓަރު އުމަރު "ސަން"އަށް މިރޭ ވިދާޅުވީ ނަޝީދު މާފުށީ ޖަލުގައި ހުންނަވަނީ އެމަނިކުފާނުގެ "ރައްޓެހި" ގައިދީންތަކަކާއެކު ކަމަށެވެ. ނަޝީދަށް ހާއްސަކޮށްފައިވާ އެޕާޓްމަންޓުގައި އެމަނިކުފާނަށް ހާއްސަ ކޮޓަރިއަކާއި ސިޓިން ރޫމެއް ހުންނާނެ ކަމަށާއި އަދި ރައްޓެހ ގައިދީންނަށް ހާއްސަކޮށްފައި ވަނީ ކުދި ކޮޓަރިތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނެވި އިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރުކުރައްވާފައިވާތީ އެވެ.