27 Apr 2015, 13:50
ޑިފެންސް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖަލީލަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
މޫސާ އަލީ ޖަލީލަށް ރުހުން ދެއްވުމަށް އެދި މަޖިލީހަށް ރައީސް ޔާމީން ފޮނުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގަ އެވެ.
މޫސާ އަލީ ޖަލީލަށް މަޖިލީހުން ރުހުން ދީފައިވާއިރު އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެ މަގާމުގައި ކުރިން ހުންނެވި ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް އެ މަގާމުން ވަކި ކުރައްވައިފަ އެވެ.