27 Apr 2015, 10:33
ނޭޕާލަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 3،200 އަށް އަރައިފި އެވެ.
އެސޯސިއޭޓް ޕްރެސް (އޭޕީ) އާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނީ ބިންހެލުމާ ގުޅިގެން ގިނަ ބަޔަކު މަގުތައް މަތީގައި ނިދާއިރު އިމާރާތައްތައް ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަގުތައް މަތީގައި މީހުން ނިދަނީ
އޭޕީ އިން ބުނީ އެ ބިންހެލުމުގައި މައުންޓް އެެވަރެސްޓުން ވެސް 18 މީހުން މަރުވެފައިވާ ކަމަށާއި އަދި އިންޑިއާ އިން ވެސް 61 މީހުން މަރުވެފައިވާ ކަމަށެވެ. ޗައިނާ އިން ބުނީ ޓިބެޓުން ވެސް 20 މީހަކު މަރުވެފައިވާ ކަމަށެވެ.