26 Apr 2015, 17:33

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ނޭޕާލުގައި ދިރި އުޅޭ ފަރާތްތަކުން ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ވައިބާ އައުޓްކޯލް ހިލޭ ކުރެވޭ ގޮތް ވައިބާ ކުންފުނިން ހަދައިފި އެވެ.
މީގެ ކުރިން ވައިބާ ބޭނުން ނުކުރާ ފަރާތްތަކަށް ވައިބާ މެދުވެރިކޮށް ގުޅޭނީ ވައިބާ ކްރެޑިޓް ގަނެގެންނެވެ.
ވައިބާ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ނޭޕާލުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ވައިބާ މެދުވެރުކޮށް ހިލޭ އައުޓް ކޯލް ކުރެވޭނެ ކަމަށެވެ. އަދި އެ ކޯލް ކުރަނީ ވައިބާ ބޭނުންނުކުރާ ފަރާތަކަށް ވިޔަސް އެ ކޯލު ހިލޭ ގުޅޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެހެންކަމުން ވައިބާ ބޭނުން ކުރާ ނޭޕާލުގެ ރައްޔިތުންނަށް ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ވައިބާ އައުޓް ކޯލް ހިލޭ ކުރެވޭނެ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.
In response to the earthquake in Nepal we have switched off Viber Out billing so Nepal users can call any destination for free
— Viber (@Viber)April 26, 2015
ނޭޕާލުގައި ދިރިއުޅޭ ރައްޔިތުންނަށް ހިލޭ ގުޅޭގޮތް ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫއިން ވެސް މިއަދުވަނީ ގާއިމްކޮށްދީފައެވެ.

އެގޮތުން އުރީދޫ ކަސްޓަމަރުންގެ އާއިލާތަކަށާއި ކަސްޓަމަރުންނަށް ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ކުރިއަށްއޮތް ތިން ދުވަހަށް ނޭޕާލަށް ހިލޭ ކޯލު ކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ނޭޕާލުގެ ކަތަމަންޑޫއަށް ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 2000 ހެއްހާ މީހުން މަރުވެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ.