26 Apr 2015, 17:02
ރަމްޟާން މަހާ ދިމާކޮށް ހާއްސަ ލަކީ ޑްރޯތަކަކާއެކު ރެއިންބޯ އެންޓަޕްރައިޒް އިން "ރެއިންބޯ ރަމަޟާން ސޭލް 2015" ފަށައިފި އެވެ.
ރެއިންބޯ އިން އިއްޔެ ފެށި ރަމަޟާން ސޭލް، ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ އޮފީސް ސިސްޓަމް އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫގައި ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރެއިންބޯއިން ވިއްކާ މުދާ އެކުންފުނީގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ވިއްކުމަށްޓަކައި ކުރިއަށް ގެންދާ އެ ސޭލްގައި އެއްޗެހި ގަންނަ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް ރެއިންބޯ އިން ވަނީ ބުނެފައެވެ.
ރެއިންބޯ ފިހާރަތަކުން ވިއްކާ ބައެއް ފަރުނީޗަރުގެ ބާވަތްތައް -- ފޮޓޯ: ރެއިންބޯ
އެގޮތުން ރެއިންބޯގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް ބެޑްރޫމް ސެޓެއް ހުށަހަޅާފައިވާ އިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 42 އިންޗީގެ ޕެނަސޮނިކް ތްރީޑީ ޓީވީއެއް ވަނީ ހުށަހަޅާފައެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހަމަ ޖެހިފަނީ ޕެނަސޮނިކް އެކޮނަވީ އިންވާޓަރ އައިސްއަލަމާރިއެކެވެ.
ލަކީ ޑްރޯގެ ނަސީބުވެރިން ހޮވުން އޮންނާނީ ޖުލައި މަހުގެ 30 ގައި ކަމަށާއި، ވަނަވަނައަށް އަންނަ ފަރާތްތައް ރެއިންބޯ ފޭސްބުކް ޕޭޖްގައި ހާމަ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.