26 Apr 2015, 13:13
ނޭޕާލަށް އިއްޔެ 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުުމުގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފިއެވެ.
މައިގަނޑު ސިނާއަތެއްގެ ގޮތުގައި ފަތުރުވެރިކަމާއި ދަނޑުވެރިކަން ކުރަމުން އަންނަ ނޭޕާލަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާ އަދި ޗައިނާއިންނެވެ. އެގޮތުން ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ތަންތަނުގެ ތެރޭގައި ބުޑިސްޓް ޓެމްޕަލް، މެޖެސްޓިކް ފަރުބަދަ އަދި ދުނިޔޭގެ އެންމެ ބޮޑު އެވަރެސްޓް އަދި ދަރަހަރާ ޓަވަރު ހިމެނެ އެވެ.
އިއްޔެ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް އައި ބާރުގަދަ ބިންހެލުމުގައި ފަތުރުވެރިންގެ ހިތްގައިމު ގިނަ މަޒިލުތަށް ބިމާ ހަމަވެ، އެކިތަން ތަނަށް ވަނީ ބޮޑެތި
ގެއްލުންތަށް ލިބިފަ އެވެ.

ނޭޕާލު ބިންހެލުމުގައި ދަރަހަރާ ޓަވަރު ބިމާ ހަމަވެފައި --
އެ ގެއްލުންތަތަކުގެ ސަބަބުން ނޭޕާލުގެ ފަތުރުވެރިކަމަށް ދިގުމުއްދަކަށް ގެއްލުން ވެގެންދާނެކަމަށް ފަތުރުވެރިކމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެވަރެސްޓުގެ ނޭޕާލާވީ ފަރާތުން ގަނޑުފެން ފައިބައި 17 މީހަކު މަރުވެފައިވާއިރު އޭގެތެރޭގައި ފަތުރުވެރިންވެސް ހިމެނުމަކީ ފަތުރުވެރިން ނޭޕާލަށް ޒިޔާރަތްކުރުން ޖެހިލުންވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
އެގޮތުން ނޭޕާލަށް ޒިޔާރަތްކުރުމަށް މީގެ ކުރިން ނިންމާފައިވާ މީހުން، އެމީހުންގެ ބުކިންގްސްތަށް ދަނީ ކެންސަލް ކުރަމުންނެވެ. ޔަޓްރާގެ އޮންލައިން ޓްރެވަލް އެޖެންޓްގެ ރައީސް ޝަރަތު ދާލް، ޔޫއެސް ޓުޑޭ ނިއުސްއަށް ބުނެފައި ވަނީ ނޭޕާލަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ހަދާފަައިވާ ގާތްގަނޑަކަށް 1000 އާ ގާތްކުރާ އަދަދެއްގެ ބުކިންގްސް މިހާތަނަށް ކެންސަލްކޮށްފައިވާ ކަމަށެވެ.
ނޭޕާލު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 2000 ހާ ގާތްކުރެ އެވެ.
މިއަދު 6.7 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އެރި ނޭޕާލްގެ ކޮޑާރީ ސަރަހައްދު --
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގެ 'އާފްޓަޝޮކް'އެއް މިއަދުވެސް ވަނީ ނޭޕާލަށް އަރައިފައެވެ. އެގޮތުން ނޭޕާލްގެ ކޮޑާރީގެ 17 ކޮލޯމީޓަރު ދެކުނަށް އައި ބިންހެލުމުގެ ބާރުމިން 6.7 އަށް އަރައެވެ.