26 Apr 2015, 01:18
މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ބަށި ބޯޅަ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ޕޮލިސް ކުލަބުން އަންހެން ފުލުހުންނަށް އަމާޒުކޮށްގެން ބޭއްވި ބަށި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޮރެންސިކް ބަލިކޮށް އެސްއެސްޑީ ހޯދައިފިއެވެ.
މިރޭ ފައިނަލުގައި އެސްޑީޑީއިން ވަގުތު ހަމަވިއިރު، 20 ލަނޑު ހަތް ފޯލި ހެދިއިރު ފޮރެންސިކް ޓީމަށް މިމެޗުގައި ހެދިފައިވަނީ 16 ލަނޑެވެ.
މިމުބާރާތުގެ ބަށި ރާނީގެ މަގާމައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާ އަދި އެންމެ ގިނަ ހޮވުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އެސްޑީޑީގެ ފާތިމަތު ޔަޝްމީ އެވެ.

ޕޮލިސް ކްލަބް ޒަމާނީ ފުރަތަމަ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިން ހޮވާފައިވާއިރު އެކުޅުންތެރިންނަކީ ޔަޝްމީގެ އިތުރުން ޚަދީޖާ ނަޒީރާއާއި ރުގިއްޔާ ނާޒިމާއާއި ޝިފްޒާ އަބްދުލް ޞަމަދާއި ރަހްމާ ސައީދުއާއި މަރިޔަމް ސާދުނާއާއި، އައިމިނަތު ލީޒާ އަދި އައިޝަތު ހުސައިންއެވެ.

އޭޕްރީލް 25، 2015: ޕޮލިސް ކްލަބް ޒަމާނީ ފުރަތަމަ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިމުބާރާތުގައި ފުލުހުންގެ އެކިއެކި ޑިޕާޓްމެންޓްތަކުން ހަ ޓީމެއް ވާދަކޮށްފައިވެއެވެ.