އިނގިރޭސި ވިލާތުގެ ކުޅިވަރު ޝަހުސިއްޔަތުންގެ އެންމެ މުއްސަނދި ލިސްޓްގެ އެއްވަނައިން އިނގިރޭސި ފޯވަޑް މެންޗެސްޓާ ޔުނެއިޓަޑްގެ ވޭން ރޫނީގެ މަގާމް ގެއްލިއްޖެއެވެ.

އެގޮތުން މިއަދު އެކުލަވާލި ލިސްޓްގެ އެންމެ މުއްސަދި ކުޅިވަރު ކުޅުންތެރިންގެ ލިސްޓުން އެންމެ ކުރި ލިބެނީ ރޭސް ޖެހުންތެރިޔާ ލެވިސް ހެމްލްޓަންއެވެ. އޭނާގެ އަހަރުގެ އާމްދަނީ އުޅެނީ 88 މިލިއަން ޕައުންޑްގައެވެ.

ލެވިސް ހެމްލްޓަން: އިނގިރޭސި ކުޅިވަރުގެ މުއްސނދިންގެ އެންމެ ކުރިން އޭނާ ވަނީ ޖާގަ ހޯދާފައި --- ފޮޓޯ/ އޭޕީ

ރޫނީއަށް މިފަހަރުގެ ލިސްޓުން ލިބިފައިވަނީ ދެ ވަނައެވެ. އޭނާގެ އަހަރުގެ އާމްދަނީ އަކީ 72 މިލިއަން ޕައުންޑެވެ.

ރޫނީގެ އާމްދަނީއަށް ވުރެ ކުޑަ ތަފާތަކުން 71 މިލިއަން ޕައުންޑާއެކު ތިން ވަނައިގައި އުޅެނީ މަޝްހޫރު ރޭސް ޖެހުންތެރިޔާ ޖެންސޮން ބޮޓަންއެވެ.

ޖެންސޮން ބޮޓަން: އިނގިރޭސި ކުޅިވަރުގެ މުއްސނދިންގެ ލިސްޓުގެ ތިން ވަނައިން އޭނާ ވަނީ ޖާގަ ހޯދާފައި --- ފޮޓޯ/ އޭޕީ

މިލިސްޓްގެ ގަދަ 10 ގައި ހިމެނޭ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތު ތަކުގެ ތެރޭގައި ކްއީންސްޕާކް ރޭންޖާސްގެ ޑިފެންޑަރު ރިއޯ ފާޑިނެންޑާ އާއި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑާއި އާސެނަލްގެ ކޯޗް އާސެންވެންގާއާއި ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ އާއި ޗެލްސީގައި ހުރެފައި މެންޗެސްޓާ ސިޓީއަށް ބަދަލުވި އިނގިރޭސި ގައުމީޓީމްގެ ކުރީގެ މިޑްފީލްޑަރ ފްރޭންކް ލަންޕާޑު ހިމެނެއެވެ.