26 Apr 2015, 01:15
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް މިއަދު 11:56 އެހާއިރު އައި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދު ތަކުގައު ފޭސްބުކް ބޭނުންކުރާ މީހުން ތިބީ ރައްކާތެރިކަމާއި ސަލާމަތާއެކުތޯ ބެލުމަށް ފޭސްބުކުން ސުވާލުކޮށްފި އެވެ.
ފޭސްބުކްގެ ފައުންޑަރ މާކްޒުކަބާގް އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނެފައި ވަނީ ނޭޕާލުގައި ދިރިއުޅޭ ރައްޔިތުން ސަލާމަތުން ތިބިތީ ބެލުމަށް މިއަދު ހެނދުނުން ފެށިގެން ފަސޭހަ ނިޒާމެއް ފޭސްބުކުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ނިޒާމުގެ އެހީގައި އާއިލާ އާއި ރައްޓެހިންނަށް ހާލު އެންގޭނެ ކަމަށް މާކް ވަނީ ބުނެފަ އެވެ.
އެގޮތުން ނޭޕާލް ސަރަހައްދުގައި ދިރިއުޅޭ ފޭސްބުކް ބޭނުން ކުރާ ކޮންމެ ރައްޔިތަކަށް ފޭސްބުކުން ވަނީ ނޮޓިފިކޭޝަނެެއް ފޮނުވާފަ އެވެ. އެ ނޮޓިފިކޭޝަނުގައި ބުނެފައި ވަނީ " ތިބާ ރައްކާތެރި ކަމަށް ވާނަމަ" އެވެ.
އެ ނޮޓިފިކޭޝަން ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ދަނީ އެމީހުންތިބީ ރައްކާތެރި ކަމާއި އެކުކަން ހާމަކުރަމުންނެވެ.
ފޭސްބުކުން ތައާރަފްކުރި ނިޒާމު ބޭނުންކޮށްގެން ނޭޕާލުގެ ރައްޔިތަކު އޭނާ ހުރީ ރައްކާތެރިކަމާ އެކިކަން އަންގައިދީފައި --
މާކް އިތުރަށް ބުނެފައި ވަނީ މިކަހަލަ ކުއްލި ހާލަތުގެ ދަނޑުވަޅެއްގައި އާއިލާ އަދި ރައްޓެހިން އެގެން ބޭނުންވާނީ އެމީހެއްގެ ގާތް މިހާ ހުރީ ރައްކާތެރި ކަމާއެކު ތޯ ކަމަށެވެ. އަދި ފޭސްބުކުން އެ ނިޒާމު ގާއިމް ކުރީ އެސަބަބަށް ޓަކައި ކަމަށް މާކް ބުނަފައިވެ އެވެ.
ނޭޕާލުގެ ކަތަމަންޑޫއަށް ރެކްޓަރ މިންގަނޑުން 7.9 އެއްގެ ބާރު މިނުގައި އައި ބިންހެލުމުގައި ނޭޕާލުން މިހާތަނަށް 1500 އަށްވުެ ގިނަ މީހުން މަރުވެގެން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެ އަދަދު އިތުރު ވާނެކަމަށް ލަފާކުރެވޭ ކަމަށް އޮފިޝާލުންވަނީ ބުނެފަ އެވެ. އަދި އެ ބިންހެލުމުގައި އިންޑިއާއަށްވެސް އެކިވަރުގެ ގެއްލުން ލިބި މީހުން މަރުވަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.