ބ. ކެންދޫގައި އުޅުނދުތައް އަންދާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކެންދޫ، މޯނިން ހައުސް، އަބްދުއް ސަލާމް ޔޫސުފް، 41، އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ކެންދޫ އުޅަނދުތަކެއްގައި ހުޅުޖެހި މައްސަލާގައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ މިއަދު އިރުއޮއްސުނު ވަގުތު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކެންދޫ ބަނދަރުގައި އޮއްވައި އަންދައިލި ތިން އުޅަނދުގެ އަގު ޖުމްލަ 4.3 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިވެރިން ބުނެއެވެ. ހުޅުޖެހުމުން އަނދައި ހުލިވި ފައިބަރު ދޯންޏަށް ލިބުނު ގެއްލުން 2.5 މިލިޔަން ރުފިޔާއަށް އަރަ އެވެ. އަދި 45 ފޫޓްގެ ދޯންޏަށް ލިބުނު ގެއްލުން 780000 އަރަ އެވެ. އަދި ފައިބަގްލާސް ލޯންޗަށް ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ލޯންޗުގެ ވެރިފަރާތުން "ސަން"އަށް ބުންޏެވެ.