25 Apr 2015, 17:47
ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަންގެ ފިލިޕް ކޮލްޝުރައިބާ ތިން ސެޓުން ބަލިކުރުމަށްފަހު ސެމީފައިނަލަށް ސެޕެއިންގެ ޑޭވިޑް ފެރޭރް ދަތުރުކޮށްފިއެވެ.
ކޮލްޝަރުއިބާއާ ދެކޮޅަށް ކުޅުނު މެޗް ފެރޭރް ކާމިޔާބު ކުރީ 6-3 އަދި 7-6 އަދި ތިން ވަނަ ސެޓް 7-5 ގެ ނަތީޖާއަކުންނެވެ.
ސެމީފައިނަލްގައި ފެރޭރް ބައްދަލު ކުރާނީ އަމިއްލަ ގައުމުގެ ޕަބެލޯ އަންޑޫހާރް އާ ދެކޮޅަށެވެ.

ޕަބެލޯ އަންޑޫހާރް --- ފޮޓޯ/ ސްކައި ސްޕޯޓްސް
އަނޑޫހާރު ސެމީއަށް ދިޔައީ ކްއާޓާފައިނަލްގައި އިޓަލީގެ ފަބިއޯ ފޮންޏީނީ 6-1 އަދި 6-1 ނަތީޖާއަކުން ބަލިކުރުމަށް ފަހުގައެވެ.
މުބާރާތުގެ ދެ ވަނަ ސެމީފައިނަލްގައި ބައްދަލު ކުރާނީ ޖަޕާންގެ ކައި ނިޝްކޯރީއާ ސޮލަވާކިއާގެ މާޓިން ކިލްޒާއެވެ.
ނިޝްކޯރީ ސެމީ ފައިނަލަށް ދިޔައީ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އަގޫޓް ބަލި ކުރުމަށްފަހުގައެވެ. ފުރަތަމަ ސެޓް 6-2 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓް 6-3 ގެ ނަތީޖާއަކުން ބައުޓިސްޓާ މޮޅުވިއިރު މެޗުން މޮޅުވި ސެޓް ނިޝްކޯރީ ކާމިޔާބު ކުރީ 6-1 ނަތީޖާއަކުންނެވެ.

ކައި ނިޝްކޯރީ --- ފޮޓޯ/ އޭޕީ
ކިލްޒާ ސެމީ ފައިނަލަށް ދަތުރުކުރީ ސްޕެއިންގެ ޓޮމީ ރޮބޯޑޯ 7-6، 7-5 އަދި ތިންވަނަ ސެޓް 6-4 ގެ ނާތީޖާއަކުންނެވެ.

މާޓިން ކިލްޒާ --- ފޮޓޯ/ ސްޕޯޓިންގ ލައިވް
ނުބާރާތުގެ ސެމީ ފައިނަލް މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 7:00 ގައެވެ.