ކުއްލިއްޔަތުއް ދިރާސާ އިން އެކި އެކި ކޯސްތަކުން ކިޔަވާ 75 ދަރިވަރުން ދަސްވެނި ވެއްޖެ އެެވެ.

ކުއްލިއްޔާގައި މިއަދު އޮތް ރަސްމިއްޔާތުގައި ބެޗްލާސް ޑީގްރީ އާއިޑި ޕްލޮމާ އާއި ސެޓްފިކޭޓް ހަތަރެއް އަދި ސެޓްފިކެޓް އެކެއްގެ ކޯސްތަކުން ދަރިވަރުން ވަނީ ދަސްވެނި ވެފައެވެ.

މިއަދު ދަސްވެނި ވެފައިވަނީ ބެޗްލާސް އޮފް ޝަރިއްޔާ އެންޑް ލޯ އާއި ބެޗްލާސް އިން ލޯ އެންޑް ޝަރިއްޔާ ވިތު އޮނާސް އާއި ޑިޕްލޮމާ އިން ލޭންގުއޭޖް އާއި އަރަބި ބަހުގެ ސެޓްފިކެޓް ހަތަރެއް އަދި ސެޓްފިކެޓް އެކެއް އިންނެވެ.

ކުއްލިއްޔާގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒް މޫސާ

ދެ ދަންފަޅިއަށް ބަހާލައިގެން ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ދެވަނަ ދަންފަޅީގައި 66 ދަރިވަރަކު ދަސްވެނި ވާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހްމާން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައި ކަމަށެވެ.

މިގޮތުން ކުއްލިއްޔާގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ކުރިއެރުވުމަށް އަލްއަޒްހަރު ޔުނިވާސިޓީ އިން މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.