25 Apr 2015, 16:19
އޭނާއަށް ފަހު މެންޗެސްޓާ ޔުނެއިޓަޑްގެ ކޯޗަކަށް ވާނީ މިހާރު އެޓީމްގެ އެސިސްޓެންޓް ކޯޗު ރަޔަން ގިގްސް ކަމަށް އެކުލަބްގެ ކޯޗް ލުއިސް ވެންހާލް ބުނެފިއެވެ.
ޢުމުރުން 63 އަހަރުގެ ވެންހާލް ޔުނެއިޓެޑްއާ އެކު ހަދަފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2017 ވަނަ އަހަރުއެވެ.
"މިހާރު މަސްއޫލިއްޔަތު އޮތީ އަހަރެންގެ އަތުގައި. އޭނާ [ގިގުސް] ގެ ޓާސްކަކީ ކުޅުންތެރިންގެ މަސައްކަތް ކުރިއެރުވުން. އަހަރެން އޭނާއާ ހަވާލުކުރާ މަސައްކަތް ވަރަށް ރަނގަޅަށް އަދާކުރެ،" މެންޗެސްޓާ ޔުނެއިޓެޑްގެ ޓީވީގައި ވާހަކަ ދައްކަމުން ވެންހާލް ބުންޏެވެ.
ލުއިސް ފާގަސަންއަށް ފަހު މެންޗިސްޓާ ޔުނެއިޓަޑްގެ ކޯޗްކަން ހަވާލުކުރި ޑޭވިޑް މޮޔަސްއަށް އެދެވޭ ކާމިޔާބެއް ހޯދައި ނުދެވުމުން، ޔުނެއިޓަޑުން ވަނީ އޭނާ މަގާމުން ވަކިކޮށް ގިގްސްއާ ވަގުތީ ގޮތުން ކޯޗްކަން ހަވާލުކޮށްފައެވެ.

2014 ވަނަ އަހަރު ޔުނަިޓޭޑްގެ ކޯޗްކަން ވަގުތީ ގޮތުން ގިސްސްއާ ހަވާލު ކުރުމުން އޭނާ ޓީމަށް އިރުޝާދު ދެނީ --- ފޮޓޯ/ ދަ ގާޑިއަން
އުމުރުން 41 އަހަރުގެ ގިގްސް ބުނެފައިވަނީ އޭނާގެ ކެރިއާގައި ކުރިމަތިވި އެންމެ ފަޚުރުވެރި ދަނޑިވަޅަކީ ޔުނެއިޓަޑްގެ ކޯޗްގެ މަގާމް އަދާ ކުރަންޖެހުނު ވަގުތުކަމަށެވެ. ގިގްސް ވަނީ އޭރު ހަތަރު މެޗުގައި ޔުނެއިޓަޑްގެ ޓީމަށް އިރުޝާދު ދީފައެވެ.
1990 ވަނަ އަހަރު ޔުނެއިޓަޑަށް ކުޅެންފެށި ގިގްސް ވަނީ އެޓީމަށް 24 އަހަރު ވަންދެން ކުޅެފައެވެ.

ގިގްސް ޔުނެއިޓަޑަށް ކުޅެނީ --- ފޮޓޯ ޑެއިލީ ސްޓަރ