Last Updated: 1 decade 7 month ago
Last Updated:
1 decade 7 month ago
ނޭޕާލުން މަރުވި މީހުންގެ އަދަދު 1،130 އަށް އަރައިފި
- ބިންހެލުމުގައި އިންޑިއާ އިން ވެސް 34 މީހުން މަރުވެއްޖެ
19:07
ނޭޕާލަށް މިއަދު އައި ބާރު ގަދަ ބިންހެލުމުގައި އަވަށްޓެރި އިންޑިއާއިން ވެސް 34 މީހުން މަރުވެއްޖެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެންޑީޓީވީން ބުނީ އެ ބިންހެލުމުގައި ބިހާރުން 23 މީހަކާއި އުއްތަރުޕްރަދޭޝްއިން އަށް މީހުންނާއި ހުޅަނޑު ބެންގާލުން ތިން މީހުން މަރުވި ކަމަށެވެ. މަރުވި މީހުންގެ އިތުރުން 40 ކުޑަކުއްޖަކު ވެސް މަރުވި ކަމަށް އެ އެޖެންސީން ބުނޭ.
ބިންހެލުމުގެ ސަބަބުން ނޭޕާލުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 758 އަށް އަރާފަ.
ބިންހެލުމުގެ ސަބަބުން އަސަރުކޮށްފައިވާ ސަރަހައްދުތަކުގަ ނޭޕާލު ސަރުކާރުން ސްޓޭޓް އެމަޖެންސީ އިއުލާންކޮށްފި. އަދި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުވައިދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ނޭޕާލު ސަރުކާރުން ވަނީ ގޮވާލާފައި.
ބިންހެލުމާ ގުޅިގެން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ އެއާޕޯޓު ވަނީ ބަންދުކޮށްފައި.
ބިންހެލުމާ ގުޅިގެން ނޭޕާލުގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓުން ގަނޑުފެން ފޭބުމުގެ (އެވަލެންޗް) ސަބަބުން އަށް މީހުންމަރުވެއްޖެ.
ނޭޕާލުގެ ފަރުބަދަތަކާ ބެހޭ ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ހަވާލާދީ އޭޕީގައި ބުނެފައިވަނީ، މައުންޓް އެވަރެސްޓުން ގަނޑުފެން ފޭބުމުގެ ސަބަބުން ގެއްލިފައިވަނީ އަދި އަނިޔާވެފައިވަނީ ކިތައް މީހުންކަން އަދި ސާފު ނުވާ ކަމަށް.
11 އޭޕްރީލް 2015 - ނޭޕާލްގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕުގައި އެކްޕެޑިޝަން ޓީމެއްގެ މެންބަރަކު ހުއްޓިލައިގެން. މިއަދު ބާރު ގަދަ ބިންހެލުމުގައި އެވަސްރެސްޓްގައި ވެސް 8 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނޭ -- ފޮޓޯ: އޭޕީ
ބިންހެލުމާ ގުޅިގެން ނޭޕާލުގެ ބޯޑަރު ކައިރީގައި އޮންނަ އިންޑިއާގެ އުއްތަރު ޕްރަދޭޝް އާއި ބިހާރުން މިހާތަނަށް 20 މީހުންމަރުވެ 60 އަށްވުރެއް ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭޕީ ގައި ބުނެފައިވޭ.
އޮފިޝަލު އިތުރަށް ވިދާޅުވެފައި ވަނީ ބިންހެލުމުގައި އަނިޔާވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ސަރުކާރުގެ ހުރިހާ ޑޮކްޓަރުންނަށް ދީފައިވާ ޗުއްޓީތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށް.
ނޭޕާލަށް މިއަދު އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގައި ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވެރީން ހަރަކާތްތެރިވަނީ -- ފޮޓޯ: އޭޕީ
ނޭޕާލުގެ ހޯމް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 597 ކަށް އަރާފައިވާ ކަމަށް.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިހާރު ބެންކޮކުން ނޭޕާލައަށް އައުމުގެ މަގުމަތީގައި އުޅުއްވާ، ނޭޕާލްގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާއަށް ގުޅުއްވައި، މި ހިތާމަވެރި ދަނޑިވަޅުގައި އިންޑިއާއިން ހުރިހާ ގޮތަކުންވެސް އެހީތެރިކަން ދެއްވާނޭ ކަމަށް ވިދާޅުވެފައި ވާނޭކަަމަށް.
Spoke to PM Sushil Koirala, who is in transit in Bangkok on his way to Kathmandu. Assured all support & assistance during this tough time.
— Narendra Modi (@narendramodi)April 25, 2015
ދުންޔާ ވިދާޅުވީ، ނޭޕާލްގައި ދިވެހީން އާންމުކޮށް ދިރިއުޅެނީ 3 ސަރަހައްދެއްގައި ކަމަށާއި، އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް މެދުވެރިކޮށް އެފަރާތްތަކުގެ ހާލު ބައްލަވަމުން އަންނަ ކަމަށް.
ދުންޔާ ވިދާޅުވީ، ނޭޕާލްގައި ކިޔަވަން ތިބި 50 ދިވެހި ކުދީންގެ ތެރެއިން ގިނަ ކުދިންނަށް މިހާރު ގުޅިފައިވާ ކަމަށް.
ނޭޕާލްގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު: ޚާރިޖީ ވަޒީރު
ނޭޕާލުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ހާރިޖީ ވަޒީރު ދުންޔާ މައުމޫނު ދާދި ދެންމެއަކު ސަންއަށް ވިދާޅުވެއްޖެ.
ނޭޕާލަކީ، މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހިންގެ ގިނަ ބަޔަކު ގޮސްއުޅޭ ގައުމެއް.
ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން މިއަދު ސަންއަށް ވިދާޅުވީ، ނޭޕާލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު ބެލުމަށް މަސައްކަތްތަކެއް ފަށައި އެކުދިންނާ ގުޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށް. ބިންހެލުމާ ގުޅިގެން ފޯން ލައިންތަކާ މޯބައިލް ފޯންގެ ކަވަރޭޖަށް މައްސަލަ ދިމާވެފައިވުމުގެ ސަބުން ކަތުމަންޑޫގައި ތިބި ކުދިންނާ ގުޅުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވި.
ޗައިނީސް އެމްބަސީއާ ހަވާލާދީ ޒިންހުއާއީ ނިއުސްގައި ބުނެފައިވާ ގޮތުން ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް މިއަދު އައި ބާރު ގަދަ ބިންހެލުމުގައި ޗައިނާގެ ދެމީހަކުވެސް ވަނީ މަރުވެފައި.
ނޭޕާލުގެ އޮފިޝަލަކާ ހަވާލާދީ އައިޓީވީ ނިއުސްގައި ބުނެފައި ވަނީ، ބިންހެލުމުގެ ސަބަބުން ނޭޕާލުގައި މަރުވި މީހުންގެ އަދަދަ މިހާރު 450 އަށް އިތުރުވެފައިވާ ކަމަށް.

25 އޭޕްރީލް 2015 - ނޭޕާލަށް މިއަދު އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގެ އަނިޔާ ލިބުނު މީހުން ކަތުމަންޑޫގެ މެޑިކެއާ ހޮސްޕިޓަލުގެ ބޭރުގައި ފަރުވާހޯދަނީ -- ފޮޓޯ: އޭޕީ
ނޭޕާލަށް މިއަދު އައި ބިންހެލުމުގައި އެގައުމުގެ މަގެއްގެ ބިންގަނޑު ކަޑައިގެން ގޮސްފައި.
For continuing coverage of Nepal#earthquakevisithttp://t.co/2reKMgBp7Lpic.twitter.com/VOQyAVLGRh
— BBC News (World) (@BBCWorld)April 25, 2015
ބިންހެލުމާ ގުޅިގެން ނޭޕާލަށް ހުރިހާ ގޮތަކުންވެސް އިންޑިއާއިން އެހީވާނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު ރަޖިންތު ސިންހް ވިދާޅުވެއްޖެ. ރަޖިނަތު ސިންހް އެހެން ވިދާޅުވީ އެމަނިކުފާނުގެ ޓްވިޓަރ މެދުވެރިކޮށް ދާދި ދެންމެ އަކު ކުރެއްވި ޓްވީޓެއްގައި.
India will lend full support to Nepal :HM Rajnath Singh on#earthquake
— Rajnath Singh (@Rnsfansclub)April 25, 2015
ބިން ހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ އެހީގެ ޓީމެއް ސީ 130 ފްލައިޓްގައި ނޭޕާލަށް ދަތުރުކުރަމުންދާ ކަމަށް އިންޑީއާއިން ބުނޭ. އެ ފްލައިޓްގައި ގެންދާ އެހީގެ ތަކެތީގެ ތެރޭގައި ކާނާ، ބޯފެން، ބްލޭންކެޓްސް އަދި ނަރުހުންވެސް ހިމެނޭ.

25 އޭޕްރީލް 2015 - ނޭޕާލަށް މިއަދު އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގައި އަނިޔާ ލިބުނު ބަޔަކު ކަތުމަންޑޫގެ މެޑިކެއާ ހޮސްޕިޓަލްގެ ބޭރުގައި ފަރުވާ ލިބިގަންނަނީ -- ފޮޓޯ: އޭޕީ
އިންޑިއާގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެގައުމުގެ ހޯމް މިނިސްޓަރު ރަޖަނަތު ސިންހް އާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވާފަ. އަދި ގައުމުގެ ސަލާމަތަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެގައުމުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނޭ.
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ގައުމުގެ އިތުރުން އަވައްޓެރި އިންޑިއާ އަދި ބަންގްލަދޭޝްއަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނޭ.
މި ބިންހެލުމާ ގުޅިގެން ނޭޕާލުން މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަގްވާމީ ހަބަރުފަތުރާ ވަސީލަތްތަކުން ބުނޭ.

25 އޭޕްރީލް 2015 - ނޭޕާލަށް މިއަދު އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގައި ނޭޕާލްގެ ތާރީކީ ދަރަހަރާ ޓަވަރު ބިމާ ހަމަވެފައި -- ފޮޓޯ: އޭޕީ