25 Apr 2015, 13:41
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް ކުދި އަނިޔާތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ރޭ ފަތިހު އެ ހާދިސާ ހިނގާފައި ވަނީ ހ.ކާނޭޝަން ފިޔާ ގޭގެ ތިން ވަނަ ބުރީގައި ކަމަށެވެ. އަލިފާން ރޯވެފައި ވަނީ އެގޭގެ ކުނިތަކެއްގައި ކަމަށް ވިދާޅުވި އެވެ.
"ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ތަނެއްގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވެފައި ހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، ދެން ރޯވި ސަބަބެއް އަދި ނޭނގެ." އަދުނާން ވިދާޅުވި އެވެ.
އެ ހާދިސާގައި ހޫނު ވެގެން ދެ މީހަކަށް ކުދިކުދި ގެއްލުންތަކެއް ވިޔަސް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަނިޔާވި މީހުންގެ ތަފްސީލެއް ނުދެއްވަ އެވެ.