25 Apr 2015, 12:11
ހުޅުމާލެ ބީޗް ސަރަޙައްދުން ބިޔަރު ދަޅުތަކަކާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ދެ ކުދިންނާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ކަމަށާއި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބީޗް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލެ ބީޗް ހަޓާދިމާ އަތިރިމަތީ ގަސްތަކެއްގެ ތެރެއިން އެމީހުން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ވަގުތެއްގައެވެ.
ބިޔަރު ދަޅުތައް ފެނިފައިވަނީ އެމީހުންނާ ސުވާލުކުރަމުންދަނިކޮށް އެތަނުން އެކެއްގެ ފައިދަށުން ބިޔަރު ދަޅެއް ފެނުމާއި ގުޅިގެން އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު އެސަރަޙައްދުން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެސަރަހައްދު ބަލައިފާސްކުރިއިރު ފަސް ދަޅު ބިޔަރު ފެނިފައިވެއެވެ.