25 Apr 2015, 12:09
ނޭޕާލަށް ވަރުގަދަ ބިންހެލުމެއް އައިސް އިމާރާތްތަކެއް ވެއްޓިއްޖެ އެވެ. ނިއުސް އޭޖެންސީ އޭޕީ އިން ބުނީ މިއަދު މެންދުރު ކުރިން ނޭޕާލުގެ ވެރިރަށް ކަތަމަންޑު އަށް އައި ބިންހެލުމުގެ ބާރުމިން ރެކްޓާ މިންގަނޑުން 7.5 އަށް އަރާ ކަމަށެވެ. އަދި އެ ބިންހެލުމުގައި ފާރުތަކާއި އިމާރާތްތައް ބިމާހަމަވެފައިވާ ކަމަށެވެ.
ނޭޕާލުގެ އިންފޮމޭޝަން މިނިސްޓަރު މިނެންދުރަ ރިޖާލާ ހަވާލާދީ އެންޑީޓީވީ އިން ބުނީ ބިންހެލުމުގައި ގެއްލުންތަކެއް ވެފައިވާ ކަމުގެ ރިޕޯޓް ލިބެމުން އަންނަ ކަމަށާއި ނަމަވެސް އަދި މިހާތަނަށް މީހަކަށް ގެއްލުންވިކަން ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ މީހުން ސަލާމަތް ކުރުމަށް ޓީމްތައް ފޮނުވާލާފައިވާ ކަމަށެވެ.

ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓިފައި --
އޭނާ ވިދާޅުވީ ބިންހެލުން އައިއީ ނޭޕާލުގެ ހުޅަނގު އުތުރުން 49 މޭލު ދުރުން ކަމަށެވެ.
ކަތަމަންޑޫ ވާދީ ސަރަހައްދުގައި 2.5 މިލިއަން މީހުން ދިރިއުޅޭ އިރު މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކަކީ ވަރަށް ފެންވަރު ދަށް އިމާރާތްތައް ކަމަށް ވެސް އޭޕީ އިން ބުންޏެވެ.

ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓިފައި --
ކަތަމަންޑޫގައި ހުންނަ އޭޕީގެ ރިޕޯޓަރާ ހަވާލާދީ އޭޕީ އިން ބުނީ އޭޕީގެ ރިޕޯޓަރު ހުރި އިމާރާތުގެ ފާރުވެއްޓިފައިވާ ކަމަށާއި އަދި ކައިރީގައި ހުރި އިމާރާތްތަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައީ ނޭޕާލު ގަޑިން މެންދުރު 11:56ގައި ކަމަށާއި ބިންހެލުން އައީ ހަތް މޭލު އަޑިން ކަމަށެވެ.

ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓިފައި --
ޕާކިސްތާނުގެ ލާހޫރުގައި ހުރި މީހަކާ ހަވަލާދީ އޭޕީ އިން ބުނީ އޭނާ އޮފީހުގައި ހުއްޓައި އިމާރާތް ތެޅުމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވުނު ކަމަށާއި އަދި އިރޮޅެއް ވަންދެން އިމާރާތް ތެޅުނު ކަމަށެވެ. އެކަމަކު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށެވެ. އެ ބިންހެލުމުގެ އަސަރު އިންޑިއާގެ ވެރިރަށް ދިއްލީ އަށް ވެސް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓިފައި --