24 Apr 2015, 22:16
މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ މިރޭ 9:20 އެހާކަންހާއިރު އަމީނީމަގު އެމްޑަބްލިއުއެސްސީ އިމާރާތް ކައިރީގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.
އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.
އެ މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ޯ