24 Apr 2015, 21:35
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ މޫދު ކުޅިވަރުގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްދާ ރަސްމިއްޔާތުގައި "މޫދު ކުޅިވަރު އީދު" ރައީސް ޔާމީން އިފްތިތާހު ކުރުމަށް، މިހާރު ކުރިއަށްދަނީ މިއުޒިކް ޝޯ އެކެވެ. މުދޫ ކުޅިވަރުގެ ހަރަކާތްތައް ރައީސް ޔާމީން މިރޭ އިފްތިތާހުކޮށްދެއްވިއިރު، މިއަދު ހެނދުނު ވަނީ މޫދު ކުޅިވަރުގެ ހަރަކާތްތައް ފަށާފަ އެވެ.
މޫދު ކުޅިވަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޝަހީދު ހުސައިން އާދަމް ބިލްޑިން ސަރަހައްދު، މޫދުގައި މިއަދު ހެނދުނާއި ހަވީރު ވެސް ވަނީ މޫދު ކުޅިވަރު ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. ހުރިހާ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރުތަކުގެ ތެރޭގައި ފެތުމާއި ވޯޓާ ޕޯލޯ އާއި ފަލި ޖެހުމާއި ބޮއްކުރާ ދުއްވުމާއި ވިންޑް ސާފު ކުރުމާއި ތޮށިމަތީގައި މަސް ބޭނުމާއި ކަޓަމަރާނީ ދުއްވުން ފަދަ ކުޅިވަރުތައް ހިމެެނެ އެވެ.
މޫދު ކުޅިވަރުތައް މާދަމާ ވެސް ކުރިއަށް ގެންދާނެ އެވެ.

މޫދު ކުޅިވަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު