Last Updated: 1 decade 7 month ago
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކާ ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ދިއްގަރު ދާއިރާގައި ހިމެނޭ ދިއްގަރު، މަޑުއްވަރި، ވޭވަށް، މުލީގައި ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު މެންދުރުފަހު 2:00 ޖެހިއިރު އެވެ. ދިއްގަރު ދާއިރާގައި ހިމެނޭ ރަތްމަންދޫގައި ޕީޕީއެމްގެ ޕްރައިމަރީ ނުބާއްވަ އެވެ. މާލޭގައި ދިރިއުޅޭ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ދަރުބާރުގޭ ބިއްލޫރި މާލަމުގައި ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފަ އެވެ. އެ ވޯޓު ފޮށްޓަށް ވޯޓުލުން ފަށާފައިވާއިރު، އެ ވޯޓުފޮއްޓަށް ވޯޓުލުމަށް ޝަރުތުހަމަވެފައި ވަނީ 70 މީހުންނަށެވެ. ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 512 މީހުން ހިމެނެ އެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ދަރުބާރުގޭގައި ކުރިއަށްދަނ:ީ މިއަދު ހަވީރު 5:00 ޖަހަންދެން ވޯޓުލުން ކުރިއަށްދާނެ-- ސަން ފޮޓޯ/ އަލީ ނަސީރު
ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ކަމަށެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރަނީ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނެވެ. ދިއްގަދު ދާއިރާގެ ޕީޕީއެމް ޓިކެޓަށް ވާދަ ކުރެއްވި ތިން ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ދަރުބާރުގޭގައި ކުރިއަށްދަނ:ީ މިއަދު ހަވީރު 5:00 ޖަހަންދެން ވޯޓުލުން ކުރިއަށްދާނެ-- ސަން ފޮޓޯ/ އަލީ ނަސީރު
ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ އަންނަ ހޯމަ ދުވަހު އެވެ. އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.