މިނިވަން 50 އާ ގުޅިގެން މޫދު ކުޅިވަރު ޙަރަކާތްތަކެއް މިއަދު ފަށައިފި އެވެ.

މިއަދާއި މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު 8:00 ން 10:00 އަށް ކުރިއަށް ގެންގޮސްފައި ވަނީ ފެތުމުގެ މުބާރާތްތަކާ ކެތަމަރާން މުބާރަތަކާއި ބޮއްކުރާގައި ތިބެގެން ފަލިޖައިހައިގެން ވާދެމުމުގެ މުބާރާތެކެވެ.

ކެތަމަރާން މުބާރާތުގައި ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ބޮށްކުރާގައި ތިބެންގެން ފަލި ޖެހައިގެން ވާދެމުމުގެ މުބާރާތުން ފައިނަލަށް އެމްއެންޑީއެފްގެ ޓީމަކާއި އެމްސީއެލްގެ ޓީމެއް ވަނީ ދަތުރުކޮށްފަ އެވެ.

ކަތަމަރާނާ ވިންސާފިންގ މުބާރާތުން ވަނަވަނައަށް ދާ ފަރާތްތަކަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްގައި ބައިވެރިވުމުގެ ފުރުތު ވަނީ ހުޅުވާލެވިފައިވާ ކަމަށް ހޯމް މިނިސްޓްރީއިން ބުންޏެވެ.

މިނިވަން 50 އާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަފްސަލް

އެއް ނަންބަރު ފާލަމާ ދިމާލުން އޮންނަ ކޯސްޓްގާޑް ފަޅުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހޯމް މިނިސްޓަރު ޢުމަރު ވިދާޅުވީ މޫދު ކުޅިވަރު ހަރަކާތަކީ މިހާރުވެސް އެތައް ބަޔަކު ކައިބޮއެ ދިރިއުޅޭނީ އިންޑަސްޓްރީއެއް ކަމަށާއި އަންނަ އަހަރު ރާއްޖޭގެ ކޮންމެވެސް ސަރަހައްދެއްގައި މޫދު ހަރަކާތްތަކުގެ ފެސްޓިވަލެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދާއި މިރޭވެސް މިކުޅިވަރު ޙަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމޖެހިފައެވެ.