24 Apr 2015, 11:03
ޔޫއެފާ ޗެމްޕިއަންސް ލީގް ކުއާޓާ ފައިނަލް ފުރަތަމަ ލެގްގައި ޕޯޓޯ އަތުން 3-1 ނަތީޖާއަކުން ބަލިވި މެޗްގައި ބަލިވުމުގެ ތުހުމަތު އެޅުވުމުން އިސްތިއުފާދިން ބަޔާން މިޔުނިކްގެ ޑޮކްޓަރު ހެންސް ވިލިއަމް މުލާ ވޮލްފާޓް އަލުން މަގާމާ ހަވާލުމުގެ ފުރުސަތު ބޮޑު ކަމަށް އެޓީމުން ބުނެފިއެވެ.
ބަޔާން މިޔުނިކްގެ ޗެއާމަން ކާލްހެންޒް ރުމޭނިގާ ވިދާޅުވީ އޭނާ ވޮލްފާޓަށް ގުޅުއްވި ކަމަށާއި އެފޯން ކޯލްއަކީ ބިނާ ކުރުވަނިވި ފޯން ކޯލެއް ކަމަށެވެ.
"އަޅުގަނޑުމެން އޭނާ (ވޮލްފާޓް) އަށް ޕްރޮފިޝަނަލީ އަދި ޕާސަނަލީވެސް އިތުބާރު އޮވޭ. އޭނައަކީ ވަރަށް ޚާއްޞަ ޝަހްސިއްޔަތެއް އޭނައަކީ ބަޔާންގެ ފެމިލިގެ މުހިންމު ބައެއް،" ރުމޭނިގާ ވޮލްފާޓާ ބެހޭގޮތުން ވިދާޅުވި އެވެ.

ބަޔާން މިޔުނިކްގެ ޗެއާމަން ކާލްހެންޒް ރުމޭނިގާ. ވޮލްފާޓްއެނބުރިޓީމަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ވޮލްފަތް ވިދާލުވިއެވެ. --- ފޮޓޯ/ ނަޔާން މިޔުނިކް
ރުމޭނިގާގެ ކޮއްކޮ މިކޭލް ވިދާޅުވީ ވޮލްފާޓާ ދެމެދު ދެކެވުނު ވާހަކަތަކުން އޭނާ ޓީމަށް އެނބުރި އައުމާމެދު އެއްބަސްވުމަށް އާދެވުމުގެ ފުރުޞަތު ބޮޑުކަމަށާ އޭނާ ޓީމަށް ގެނައުމަށް ޓީމްގެ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން ބަޔާންގެ ހުރިހާ ފަރާތްތަކުން ވެސް ޑރ. ވޮލްފާޓް ޓީމަށް އަނބުރައި ގެނައުމާމެދު މަސައްކަތް ކުރާނެ ކަމަށް އެއީ އަޅުގަނޑުމެންނަށް އޮތް ހައްލަކީ" މިކޭލް ވިދާޅުވި އެވެ.
ޕޯޓޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗްގައި އަނިޔާގެ ސަބަބުން ޓީމަށް ނޭރުނު އާރެން ރޮބެން ބުނީ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ބުނީ އަބަދުވެސް ވޮލްފާޓްގެ ފަހަތުގައި ހުންނަން ބޭނުންވާ ކަމަށާއި އޭނާއާ މެދު އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.

އާރެން ރޮބެން ވޮލްފާޓާއެކު ރަނގަޅު ކުޅުމެއް އޮންނަ ކަމަސް ރޮބެން ބުންޏެވެ. --- ފޮޓޯ/ ރޮއިޓަސް
ބަޔާންގެ ޓީމްގެ އެންމެ އިސް މެޑިކަލް ސްޓާފްގެ މަގާމް 38 އަހަރުވަންދެން އަދާ ކުރަމުން ދިޔަ ވޮލްފާޓް ކުލަބުން އިސްތިއުފާދިނީ ޕޯޓޯ މެޗުން ބަލިވުމުގެ ތުހުމަތު ސީދާ ގާޑިއޯލާ، ވޮލްފާޓްއާއި ބަޔާންގެ މެޑިކަލް ޓީމްގެ ބޮލުގައި އެޅުވުމުން ކަމަށް ޖަރުމަންގެ މިޑިއާތަކުން ބުނެއެވެ.
ސްޕޯޓްސް ފިޒީޝަނެއްގެ ގޮތުގައި1977 ވަނަ އަހަރު ހަރަކާތްތެރި ވަމުންދިޔަ ވޮލްފާޓް ވަނީ ޖަރުމަންގެ ގައުމީ ޓީމުގެ ޑޮކްޓަރުކަންވެސް ކޮށްފައެވެ. އަދި އެހެން ބައެއް ކުޅިވަރު ކުޅުންތެރިންނަށް ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބާރުދުވުންތެރިޔާ އުސެން ބޮލްޓް ހިމެނެއެވެ.