ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމާއި ފޯޖް ކުރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ދެ ދިވެހީން އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ލ.ގަން، ތުނޑި، ހުދުވިލާގެ، އަޙްމަދު އަލީ،21، އާއި ގދ.ވާދޫ، ލިލީގެ، މުޙައްމަދު ޞަބާޙު،36، ފުލުސް އޮފީހަށް ހާޒިރުވުމާ އެކު މިހާރު އެ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަކަރާއި ހީލަތް ހެދުމާއި ފޯޖް ކުރުމުގެ އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުންނެވެ.