23 Apr 2015, 22:07
މޯލްޑިވްސް ކެރަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕް މިރޭ ފަށައިފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށް ގެންދާ މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ދެ ޖިންސުންވެސް ސިންގަލް އިވެންޓްތަކާ ޑަބަލްސް އިވެންޓްތައް ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.

މިރޭ ފެށި ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 40 ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.
މި 40 ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ ވަނަ ވަނައަށް އަންނަ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމްހުށަހެޅިފައިވާކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލް މެޗްތަކެވެ.

މިރޭ ފެށި ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
މިމުބާރާތުގައި އޯޕަން ސިންގަލް ބައިން އެންމެ ފަހުގެ ޗެމްޕިއަންއަކީ އާދަމް ހަލީމެވެ. ފިރިހެން ސިންގަލްސް ބައިން އެންމެ ފަހުގެ ޗެމްޕިއަންއަކީ ޝާފީ މުޙައްމަދެވެ. އަންހެން ސިންގަލް ބައިން އެންމެފަހުގެ ޗެންޕިއަންއަކީ ޢައިޝަތު ފައިނާޒެވެ.