އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔުގައި ފަރުވާދެމުންއެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 6:15 އެހާކަންހާއިރު ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންކަަމަށެވެ.

" އެެއް ސައިކަލުގައި ތިބީ ދެ މީހުން. އޭގެ ތެރެއިން އެކަކު ހޮސްޕިޓަލުގައި، އައިސީޔޫގައި ފަރުވާދެމުންދަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ދެން އިން މިހާ އަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަދި އަނެއް ސައިކަލު ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި އޭނާއަށް ވެސް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި ބިދޭސީ މިހާ އަތުގައި ލައިސެންސް ވެސް ނެތް ކަަމަށް ފުލުހުން ބުނެއެވެ.