ބަނގުރާ ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކުއްތާ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ވިދާޅުވީ ބަނގުރާ ދެނެގަތުމަށް ތަމްރީނު ކުރެވިފައިވާ ތަމްރީނުތައް ހެދުމަށްފަހު އިތުރު ފަސް ވަރަކަށް ކުއްތާ ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި އެފަދަ ކުއްތާތައް ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފެށިގެންދިޔުމަކީ ބަނގުރާ ކައްކާ ފަރާތްތައް ހޯދުމަށް ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"މި ފާރަތައް ގެނައުމާއެކު ރަށްރަށުގެ ވަލުތެރެ ފަދަ ތަންތަނުގައި ބަނގުރާ ކައްކަމުންދާ ފަރާތްތައް ހޯދުމަށް އިތުރު ބާރަކަށް ވެގެންދާނެ. މި ފާރަތަކަކީ ބަނގުއާވި ޑިޓެކްޓު ކުރުމުގެ ގާބިލްކަން ލިބިފައިވާ ފާރަތަކެއް،" ކޮމިޝަނަރު ވިދާޅުވި އެވެ.

މިހާރު ގެންގުޅޭ ކުއްތާތައް ބަނގުއާތްވަށް ޑިޓެކްޓު ކުރެވޭގޮތަށް ތަމްރީނުކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.