23 Apr 2015, 16:47
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ގުރުއާން މުބާރާތް ފަށައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ މިއަދު ފެށި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފުވައްމުލަކު ސްކޫލްތަކާއި ގުރުއާން ކްލާސްތަކަށް އަމާޒުކޮށް ހުޅުވާލި މި މުބާރާތުގައި ހަތަރު ޕްރީ ސްކޫލާއި ތިން ޕްރައިމަރީ ސްކޫލް އަދި އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ތިން ގުރުއާން ކުލާހުން ޖުމްލަ 131 ކުއްޖަކު ބައިވެރިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
އެ މުބާރާތަކީ ކީރީތި ގުރުއާނާ ބެހޭ މަރުކަޒާއި ފުވައްމުލަކު އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ގުރުއާން މުބާރާތެކެވެ.